logo
Bank of Maldives

Bank of Maldives

ކުޅިވަރު

22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
19 މޭ 2026 - 22:00
22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފި

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީއަށް ބޯންމައުތު ބަލިނުކުރެވުމާއެކު، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. ފާއިތުވި އަށް ސީޒަނުގެ ތެރެއިން ހަ ސީޒަނުގައި ލީގު ކާމިޔާބުކުރި ސިޓީއަށް، ލީގުގެ ރޭހުގައި ދެމިއޮތުމަށް މި މެޗުން މޮޅުވުން މަޖުބޫރުވި ނަމަވެސް، މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ބޯންމައުތުގެ ޖޫނިއާ ކްރޫޕީ 39 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު ސިޓީ ފަހަތުން އަރަން ޖެހުނުއިރު، އާލިން ހާލަންޑް މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދިނެވެ. ނަމަވެސް، މޮޅުވާން ބޭނުންވި ލަނޑު ކާމިޔާބުކުރަން ސިޓީއަށް ވަގުތެއް ނުލިބުނެވެ. މި ނަތީޖާއާއެކު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ސަރަހައްދުގައި ސަޕޯޓަރުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އާސެނަލްއިން ކާމިޔާބުކުރި 14 ވަނަ އިނގިރޭސި ލީގު ތަށްޓެވެ. މީގެ ކުރިން އެޓީމުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2003-04 ވަނަ އަހަރު އާސީން ވެންގާގެ އިރުޝާދުގެ ދަށުން ބަލިނުވެ ސީޒަން ނިންމާލި "އިންވިންސިބަލްސް" ޓީމާއެކުގައެވެ. މި ކާމިޔާބީއާއެކު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެފައިވަނީ ކުރިން ޕްރިމިއާ ލީގުގައި ކުޅުމަށްފަހު ކޯޗެއްގެ ގޮތުގައި ލީގު ކާމިޔާބުކުރި ފުރަތަމަ ފަރާތަށެވެ.

އާސެނަލްގެ މި ސީޒަނުގެ ކާމިޔާބީ ބިނާވެފައިވަނީ ވަރުގަދަ ޑިފެންސެއްގެ މައްޗަށެވެ. އެޓީމުން މިހާތަނަށް ކުޅުނު 37 މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ 26 ލަނޑެވެ. އަދި 19 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައިވެއެވެ. މީގެ އިތުރުން ސެޓް ޕީސްތަކުން 24 ލަނޑު ޖަހައި، ކޯނަރުތަކުން 18 ލަނޑު ކާމިޔާބުކޮށްގެން ޕްރިމިއާ ލީގުގެ ރެކޯޑެއްވެސް އެޓީމުން ވަނީ ގާއިމުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާސެނަލްއަށް މަރުހަބާ ކިޔާފައެވެ. "އާސެނަލްއަށް މަރުހަބާ. މިކޭލް، ސްޓާފުން އަދި ސަޕޯޓަރުންނަށް މި ލީގު ހައްގު. މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑަށް ހަނގުރާމަކުރަން ޖެހުނު އެއް އަހަރު،" ގާޑިއޯލާ ބުންޏެވެ. އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސްވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކާމިޔާބީ ފާހަގަކޮށްފައެވެ.

ލީގު ކާމިޔާބުކުރުމަށްފަހު އާސެނަލްގެ ދެން އޮތް އަމާޒަކީ މެއި 30 ވަނަ ދުވަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެ މެޗު ކާމިޔާބުކޮށްފިނަމަ، މިއީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ސީޒަނަށް ވެގެންދާނެއެވެ. އާސެނަލްގެ ފަހު ލީގު މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފިކުޅިވަރު | 8 ގަޑިއިރު ކުރިންއަނެއްކާވެސް ރެފްރީންގެ ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އާސެނަލް ހަނިގޮތަކަށް މޮޅުވެ ތަށްޓާއި އެންމެ ފިޔަވަޅަކާއި ގާތަށްކުޅިވަރު | ދުވަހެއް ކުރިންރެފްރީންގެ ހިތްވަރާއެކު އެލިފަންޓް ގަހުން ވެއްޓުނަނުދީ ހިފަހަށްޓައިފިކުޅިވަރު | 9 ދުވަސް ކުރިންދެތަށްޓާއެކު އާސެނަލްގެ ޓްރޮފީ ޕެރޭޑް ކުރިޔަށް ގެންދިޔުމަށް ނިންމައި ތާޜީޚު ފައިނަލްކޮށްފިޚަބަރު | 11 ދުވަސް ކުރިން