logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ލިންކް ރޯޑް މަޝްރޫއު ކުރިއަށްދާ ގޮތް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފި

އައިޝަތު އިނާޝާ
21 މޭ 2026 - 08:58
އައްޑޫ ލިންކް ރޯޑް މަޝްރޫއު ކުރިއަށްދާ ގޮތް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފި

އައްޑޫ ސިޓީގެ ލިންކް ރޯޑް މަޝްރޫއު ކުރިއަށްދާ ގޮތް ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން ބައްލަވާލައްވައިފިއެވެ.

ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބެއްލެވުމަށް، ޕާޓީގެ އިސް ބޭފުޅުން ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް ބައިވެރިވެވަޑައިގެންނެވިއެވެ.

927191bc-463e-4e77-9cfc-a8b047207aa2.jpg

މި ޒިޔާރަތުގައި، ލިންކް ރޯޑް ތަރައްގީ ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ލީޑަރޝިޕްގެ ބޭފުޅުން ވަނީ އޮޅުންފިލުއްވާފައެވެ. އަދި އާރްޑީސީގެ އިސްވެރިން ވަނީ މަޝްރޫއުގެ ސާވޭ ފޭސް ނިމި، ފިޒިކަލް މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަހުގެ މައުލޫމާތުތައް ޕާޓީގެ ލީޑަރޝިޕާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމަކަށް ކުރިއަށްދާ މި މަޝްރޫއަކީ އައްޑޫ ސިޓީގެ ދަތުރުފަތުރާއި އިގްތިސާދީ ކުރިއެރުމަށް އިންގިލާބީ ބަދަލެއް އަންނާނެ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން 829.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް މުޅިން އަލުން ތަރައްގީކޮށް، ފުޅާކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުން 5.5 ކިލޯމީޓަރުގެ އައު ބައެއް އިތުރުކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒުޚަބަރު | 3 ދުވަސް ކުރިންމަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިޚަބަރު | 7 ދުވަސް ކުރިންފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއުޚަބަރު | 7 ދުވަސް ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 13 ދުވަސް ކުރިން