logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕެރޭޒްގެ އުނދަގޫ ބޮޑުވެ، ރެފްރީންނާއި ދެކޮޅަށް ދެއްކިވާހަކަތަކާއި ގުޅިގެން މާފަށްއެދުމަށް ޝަކުވާ ހުށަހަޅައިފި

އަބްދުﷲ ޣާނިމް
21 މޭ 2026 - 21:55
ޕެރޭޒްގެ އުނދަގޫ ބޮޑުވެ، ރެފްރީންނާއި ދެކޮޅަށް ދެއްކިވާހަކަތަކާއި ގުޅިގެން މާފަށްއެދުމަށް ޝަކުވާ ހުށަހަޅައިފި

ސްޕެއިންގެ އެސޯސިއޭޝަން އޮފް ފުޓްބޯލް ރެފްރީޒް (AESAF) އިން ރެއާލް މެޑްރިޑާ ދެކޮޅަށް ފަށާފައިވާ މުއައްސަސާީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަކޮށް، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ރެއާލް މެޑްރިޑް ޓީވީއާ ދެކޮޅަށް ސްޕެއިންގެ އެންޓި-ވައިލެންސް ކޮމިޝަނަށް ރަސްމީ ޝަކުވާ ހުށަހަޅައިފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޕެރޭޒް ދާދި ފަހުން ދެއްކެވި ހަރުކަށި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ވަނީ ރެފްރީންގެ މުއައްސަސާއަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ތުހުމަތުކޮށް، ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ލަ ލީގާގެ ހަތް ތަށި ރެއާލް މެޑްރިޑް އަތުން "ފޭރިގަނެފައިވާ" ކަމަށް ފާޅުގައި ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ޝަކުވާތައް ހުށަހެޅީ ސްޕެއިންގެ ރެފްރީންގެ ކަރާމާތާއި، ނަޒާހަތްތެރިކަން ދިފާއުކުރުމަށް AESAF އިން ގެންގުޅޭ ސިޔާސަތުގެ ދަށުން" ކަމަށެވެ. އަދި ކްލަބުގެ ރަސްމީ މީޑިއާ ކެމްޕޭނުގެ ސަބަބުން ނުރައްކާތެރި މާހައުލެއް އުފެދެމުންދާ ކަމަށްވެސް އެ ޖަމިއްޔާއިން އިންޒާރު ދީފައިވެއެވެ.

ރެފްރީންގެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި، ތަކުރާރުކޮށް ދައްކަމުންދާ މިފަދަ ވާހަކަތަކުގެ ސަބަބުން ކުޅިވަރުގެ މާހައުލުގައި އޮންނަންޖެހޭ އިހުތިރާމް ގެއްލި، ރެފްރީންނާ ދެކޮޅަށް އަނިޔާވެރިކަމާއި ނަފުރަތު އުފެދުމަށް މަގުފަހިވެއެވެ. މިއީ އެއް ހަފުތާ ތެރޭގައި އެ ޖަމިއްޔާއިން ރެއާލް މެޑްރިޑާ ދެކޮޅަށް އެޅި ދެވަނަ ގާނޫނީ ފިޔަވަޅެވެ.

މީގެ ކުރިން ކޮމްޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނެއްގައި ރެފްރީން ވަނީ، ޕެރޭޒްގެ މައްސަލަ ރަސްމީކޮށް ބަލައި އަދި މެޑްރިޑްގެ މެނޭޖްމަންޓުން ރެފްރީންގެ ކިބައިން ރަސްމީކޮށް މާފަށް އެދުމަށް ގޮވާލާފައެވެ. ރެފްރީން ބުނާ ގޮތުގައި ޕެރޭޒްގެ ތުހުމަތުތަކަކީ ކުޅިވަރުގެ ފާޑުކިޔުމުގެ ބޭރުން، މުޅި މުއައްސަސާއަށް އަމާޒުކޮށްފައިވާ ބޮޑު އިލްޒާމެކެވެ.

"މިސްޓަރ ޕެރޭޒް ހަމައެކަނި ރެފްރީންނަށް ހެދޭ ގޯސްތަކަށް ފާޑުވިދާޅުވަނީއެއް ނޫން، އޭގެ ބަދަލުގައި އޭނާ ތުހުމަތު ކުރައްވަނީ ރެފްރީންގެ މުޅި މުއައްސަސާއަކީ 20 އަހަރު ވަންދެން މެދުނުކެނޑި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ބައެއްގެ ގޮތުގައި،" ރެފްރީންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިވާހަކަތަކާއި ގުޅިގެން ޕެރޭޒް މާފަށް އެދުމަށް ބާރުއެޅުމަށް މިޝަކުވާގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެރޭޒްގެ އުނދަގޫ ބޮޑުވެ، ރެފްރީންނާއި ދެކޮޅަށް ދެއްކިވާހަކަތަކާއި ގުޅިގެން މާފަށްއެދުމަށް ޝަކުވާ ހުށަހަޅައިފިކުޅިވަރު | 8 ގަޑިއިރު ކުރިން6 ޗެންޕިއަންސް ލީގުގެ ވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފިކުޅިވަރު | 3 ދުވަސް ކުރިންފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ރައީސް ޕެރޭޒްގެ ބާރުކަނޑުވާލުމަށް އޭނާގެ އެންމެބޮޑު ހަތުރު ސްޕެއިނުގެ ބޮޑުވަޒީރާއެކު ނިކުންނަނީކުޅިވަރު | 3 ދުވަސް ކުރިންބޮޑާހޭކި ރެއާލް މެޑްރިޑްއަށް ހަނިމޮޅެއް، ރާމޯސްގެ ސެވިއްްޔާ ރެލިގޭޓްވުމުގެ ބިރުކުޅިވަރު | 4 ދުވަސް ކުރިން