logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޤައުމަށް ގެނެސްދެއްވި ސިޔާސީ ހަމަޖެހުމާއެކު ސިޔާސީންނަށް ހަމަނޭވާއެއް، ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މޭ 2026 - 08:45
ރައީސް މުޢިއްޒު
ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަކީ ފާއިތުވި ފަނަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ހަލަބޮލިކަމާއި، ބަދަލުހިފުމުގެ ރޫހު އިންތިހާއަށް އޮތް ދާއިރާއެކެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ގެކޮޅު ދައުލަތަށް ނަގަން މަސައްކަތްކޮށް، ސިޔާސީ ބޮޑުން ޖަލަށްލައި، ޢަބުދުﷲ ޣާޒީ ޖަލަށްލުންފަދަ ކަންކަމުގެ ސަބަބުން މުޅިގައުމު އޮތީ ހަލަބޮލިކަމެއްގައެވެ. މިނިވަންކަން ދޭނެކަމުގެ ޓެގް ވިއްކައިގެން އިއްތިހާދަކުން ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދުވެ ވެރިކަމުގައި ވެސް ސިޔާސީންނަށް އޮތީ ބިރުވެރި މާހައުލެކެވެ. މަޖިލީހުގެ ކޮންޓްރޯލް އަތްޕުޅުގައި ނެތުމުން ބޭނުންފުޅު ހުރިހާގޮތަކަށް ކަންކަން ނުވީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެން އައީ ރައީސް ޔާމީން ޢަބުދުލްޤައްޔޫމްގެ ވެރިކަމެވެ. އެއީ ސިޔާސީންނަށް އިންތިހާއަށް ބިރުވެރިކަން އޮތް ދުވަސްވަރެކެވެ، ހުރިހާ ސިޔާސީ ލީޑަރުން ޖަލުގެ ކުޑަގޮޅިއަށް ލެއްވިއެވެ. އިދިކީލިވި މަޖިލީހުގެ މެމްބަރުން ޖަލަށް ލެއްވިއެވެ. ޚިޔާލްތަފާތުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި އީސީ ސިޓީއަކުން ގެއްލުވައިލިއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި އުއްތަމަފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ޖަލަށް ލެއްވިއެވެ. ސިޔާސީގައި ނަގައިކިޔާ އެންމެނަށްހެން ދައުވާ އުފުލައި، ތަހުގީގުފަށައި، އަނބިދަރީން ވެސް ހައްޔަރުކުރިއެވެ. މިއީ އެވެރިކަމުގެ ކުޑަ މިންވަރެކެވެ.

ދެން އޮތީ އެމްޑީޕީގެ ދެވަނަ ވެރިކަމެވެ.އެވެސް އިއްތިހާދީ ވެރިކަމެއްކަމުން ބައެއް ލީޑަރުން އިއްތިހާދުގައި ތިބުމުން ބިރުވެރިކަން ކުޑަވިނަމަވެސް އޭރުގެ އިދިކޮޅު ލީޑަރު ޢަބުދުﷲ ޔާމީން ޖަލަށްލިޔެވެ. އެއާއެކު ދައުރު ނިމެންދެން އޮތީ ހަލަބޮލިކަމެވެ. ސިޔާސީންނަށް ބިރުވެރިކަމެވެ.

ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާއެކު، ގައުމަށް ވަނީ ސިޔާސީ ހަމަޖެހުމެއް ގެނެސްދެއްވާފައެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެއަހަރާއި ބައި ގުނެމުންދާއިރު، ސިޔާސީ މިނިވަންކަން އޮތީ އިންތިހާއަށް ލިބިދީފައެވެ. ހުރިހާ ސިޔާސީ ލީޑަރުން ސިޔާސީ މަސައްކަތުގައި އެބައުޅުއްވައެވެ. ޕާޓީތަކަށް ތަންމިނަށް އޮތީ ފުރުސަތު ދީފައެެވެ. ސިޔާސީ މީހަކު ޖަލަކަށް ނުލައްވައެވެ. ދައުވާއެއް ނުއުފުއްލަވައެވެ. މިއީ ސިޔާސީ މަސައްކަތްކުރާ ފަރާތްތަކަށް ބިރުވެރިކަމެއް ނެތި، މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށް

ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، ވެރިކަން ބަދަލުވުމާއެކު ކުރީގެ ވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލަށްލުމަކީ އާންމު ކަމެކެވެ. ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރޭ އަލަށް ގެނެސްދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުގައި ރައީސުން ޖަލަށްލުމަކީ "ހޮބީއެއްގެ" ގޮތުގައި ކުރަމުން އައި ކަމެކެވެ. ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެ ނުބައި ސަގާފަތް ނައްތާލުމެވެ. މިއަދު ރާއްޖޭގައި ސިޔާސީ ހަރަކާތެއް ހިންގައިގެން ނުވަތަ ސިޔާސީ ޚިޔާލެއް ފާޅުކޮށްގެން ޖަލަށްދާންޖެހޭނެ ކަމުގެ ބިރުވެރިކަން ވަނީ ފިލައިގޮސްފައެވެ.

ސިޔާސީ ޕާޓީތަކުގެ މިނިވަންކަން

މިހާރުގެ ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކަށް ފުރިހަމަ މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތައް މިހާރު އޮޕަރޭޓް ކުރަމުންދަނީ އެއްވެސް ނުފޫޒެއް ނެތި ފުލީ އޮޕަރޭޝަނަލްކޮށެވެ. މީގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ވަރުގަދަވެ، ރައްޔިތުންގެ އަޑު އުފުލުމަށް ސިޔާސީ ލީޑަރުންނަށް ވަނީ ހިތްވަރު ލިބިފައެވެ. މިއީ ގައުމުގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގާނޫނުގެ ވެރިކަމާއި ހަމަހަމަކަން

ސިޔާސީ ހަމަޖެހުން ގާއިމުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމެވެ. ރައީސް ޑރ. މުއިއްޒު ޔަގީންކަން ދެއްވާފައިވަނީ އިސްލާމްދީނާއި ގާނޫނުއަސާސީގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއް ކަމެވެ. ސިޔާސީ މީހަކަށް ވީތީ ގާނޫނުން ބޭރުން އިމްތިޔާޒެއް ނުލިބޭނެ ފަދައިން، ސިޔާސީ މީހަކަށް ވީތީ ނުހައްގުން އަދަބެއްވެސް ނުލިބޭނެއެވެ. މިއީ އަދުލުއިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ޒިންމާދާރު ސިޔާސީ ހަރަކާތްތަކުގެ މުހިންމުކަން

ސަރުކާރުން ސިޔާސީ ހަމަޖެހުން ގާއިމުކޮށްދީފައިވާއިރު، އިދިކޮޅު ފަރާތްތަކުގެވެސް ޒިންމާއެއް އޮތްކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރެއް، ގާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ ގައުމުގެ ހަމަޖެހުން ނަގާލުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންކަމުން، ސިޔާސީ ލީޑަރުންނަކީ ގައުމުގެ މަސްލަހަތު އިސްކުރާ، ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ.

ނަމޫނާ ސިޔާސީ ހަމަޖެހުމެއް

ޖުމްލަ ގޮތެއްގައި ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދައުރުގައި ރާއްޖެއަށް ވަނީ ނަމޫނާ ސިޔާސީ ހަމަޖެހުމެއް އައިސްފައެވެ. ބަދަލުހިފުމުގެ ރޫހު ދޫކޮށްލައި، ގާނޫނީ އިމުގެ ތެރެއިން ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ހަގީގީ މާނައިގައި ސިޔާސީ މީހުންނަށް "ހަމަނޭވާއެއް" ލެވޭނެ ފަދަ އަމާން މާހައުލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސްޚަބަރު | 29 މިނިޓު ކުރިންސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަކީ އަމާޒުޚަބަރު | 38 މިނިޓު ކުރިންރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޤައުމަށް ގެނެސްދެއްވި ސިޔާސީ ހަމަޖެހުމާއެކު ސިޔާސީންނަށް ހަމަނޭވާއެއް، ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށްރިޕޯޓް | ގަޑިއިރެއް ކުރިން