logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މޭ 2026 - 09:09
ރައީސް މުޢިއްޒު ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މީގެ ކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ގައުމަށް ސިޔާސީ ހަމަޖެހުން ގެނެސްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މަސައްކަތްކުރާ ފަރާތްތަކަށް މިހާރު އެއްވެސް ބިރެއް ނެތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށް ލުން ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެކަން ނިމުމަކަށް ގެނައުމުގެ ވައުދާއެކު ކަމަށެވެ.

 "ސިޔާސީ ޕާޓީތައް ހަމަ ފުލީ އޮޕަރޭޓް އެބަ ކުރޭ މިނިވަންކަމާ އެކީގައި. އެހެންވީމާ ސިޔާސީ ހަމަޖެހުން އަަޅުގަނޑު ގެނެސްދީފިން ގައުމަށް. އެއްވެސް މީހަކު ބިރުގަންނާކަށް ނުޖެހޭނެ ސިޔާސީ މަގާމެއްގައި ހުރެ، ނޫނީ ސިޔާސީ މީހަކަށް ވެގެން އޭނާއަށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުގައި ރައީސުން ޖަލަށް ލުމަކީ "ހޮބީއެއްގެ" ގޮތުގައި އޮތް ކަމެއް ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ލާފައި ނުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް ކުރީގެ ރައީސަކު ޖަލަށް ނުލައި ވެރިކަން ކުރިއަށް ގެންދެވުމަކީ ވައުދު ފުއްދުން ކަމަށް ވިދާޅުވި އެވެ.

ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗާޓުން ބޭރުން ވެރިކަން ބަދަލުކުރަން އުޅުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި ސަރުކާރާ ދެކޮޅުވެރިކަން ދެއްކުމަށްޓަކައި ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމުގެ ބަދަލުގައި، ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. 

"ޒިންމާދާރު އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާށޭ. މި ޤައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު. ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޒިންމާދާރުކުރުވާނެ ބަޔަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

އަދި ސަރުކާރުން ކުރާ ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށްވެސް އެމަނިކުފާނު އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސްޚަބަރު | 44 މިނިޓު ކުރިންސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަކީ އަމާޒުޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޤައުމަށް ގެނެސްދެއްވި ސިޔާސީ ހަމަޖެހުމާއެކު ސިޔާސީންނަށް ހަމަނޭވާއެއް، ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށްރިޕޯޓް | ގަޑިއިރެއް ކުރިން