logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަކީ އަމާޒު: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މޭ 2026 - 09:19
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

 

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ގެނެސްދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޤާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބިއުރޯގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް މެނޭޖްކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޒަމާނީ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިންނެވެ. މި ސިސްޓަމްގެ އެހީގައި ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، ރައްޔިތުންގެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް ހުންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކިދާއިރާތަކުން ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތުތައްވެސް ހިއްސާކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސްޚަބަރު | 43 މިނިޓު ކުރިންސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަކީ އަމާޒުޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޤައުމަށް ގެނެސްދެއްވި ސިޔާސީ ހަމަޖެހުމާއެކު ސިޔާސީންނަށް ހަމަނޭވާއެއް، ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށްރިޕޯޓް | ގަޑިއިރެއް ކުރިން