logo
Bank of Maldives

Bank of Maldives

ޚަބަރު

ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މޭ 2026 - 09:27
ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސް

ސަރުކާރުގެ ވުޒާރާތަކަށާއި، ވަޒީރުންގެ މަޖިލީހަށް ފަހުން ގެންނެވި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ ބަދަލުތައް ގެންނަވަންޖެހޭ ކަން ކަމަށެވެ. ސިޔާސަތުތައް ތަންފީޒުކުރުން ގޯސްކޮށްދާނަމަ އެކަން ރަނގަޅުކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށާއި، ވުޒާރާތަކަށާއި ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނެވީ އެ ވިސްނުންފުޅުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެފައިވާކަން ފާހަގަކުރައްވާފައެވެ.

"އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ،"  ރައީސް ވިދާޅުވެފަވެއެވެ.

ވުޒާރާތަކުގެ ހިންގުން ހަރުދަނާވުމުގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވުޒާރާއިން ޖަވާބުދާރީވާ މުއްދަތަށް އައި ބަދަލެވެ. މީގެ ކުރިން އެވްރެޖުކޮށް 4 ހަފުތާ ނަގާ ކަންކަން މިހާރު 4 ދުވަހުގެ ތެރޭގައި ނިންމާލެވޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މުއްދަތު އިތުރަށް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަކީ އަމާޒުޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޤައުމަށް ގެނެސްދެއްވި ސިޔާސީ ހަމަޖެހުމާއެކު ސިޔާސީންނަށް ހަމަނޭވާއެއް، ބަދަލުހިފުމުގެ ސިޔާސަތު ނިމުމަކަށްރިޕޯޓް | ގަޑިއިރެއް ކުރިން