logo
Bank of Maldives

Bank of Maldives

ޚަބަރު

މަރްޙޫމް އަލީ ޒުބައިރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

މަރްޙޫމް އަލީ ޒުބައިރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލީ ޒުބައިރުގެ ހިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގައި މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަ ކުރެއްވިކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑާއެކުގައި މަސައްކަތް ކުރެއްވިއިރު، އަލީ ޒުބައިރުގެ ފަރާތްޕުޅުން އަޅުގަނޑު ކޮންމެ ދުވަހަކުމެ ދުށީ މުރާލިކަމާއި އިހުލާސްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ. ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަލީ ޒުބައިރު އަވަހާރަވުމުން މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ރައީސް މުއިއްޒު ވަނި ތައުޒިޔާ ދަންނަވާފަ އެވެ.

"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވާށި. ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވާށި. އާމީން،" ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

އަލީ ޒުބައިރުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރްޙޫމް އަލީ ޒުބައިރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | ގަޑިއިރެއް ކުރިންވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަކީ އަމާޒުޚަބަރު | 5 ގަޑިއިރު ކުރިންރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނެސް ސިޔާސީ ހަމަޖެހުން ގެނެސްދީފިން: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން