logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓު ކަނޑާނުލާ ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލައިފި

ކަރަންޓު ކަނޑާނުލާ ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލައިފި

ކަރަންޓު ކަނޑާނުލާ ހުޅުމާލެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތް، މާތްﷲގެ އިރާދަފުޅާއެކު މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ މިއަދަށް ނިންމާލާފައިވާ ކަަމަށެވެ. އަދި ރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި މި މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި އެކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ވަނީ ޝުކުރު އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން އަންނަނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މެއި 23 ވަނަ ދުވަހު ވެސް ކޮށްފައިވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތެވެ.

މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ސްޓެލްކޯ އިން ފާހަގަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 21 ދުވަސް ކުރިންހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފިޚަބަރު | މަހެއް ކުރިންހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | މަހެއް ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 2 މަސް ކުރިން