logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފި

ބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފި

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ދަނީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ގްރިޑް އެނަޖައިޒް ކުރެވުމާއެކު، ހިިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން ކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަބަބު ދެނެގަނެ ހައްލުކޮށް ކަރަންޓް އަލުން ދިނުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާތަނަށް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވީނަމަވެސް މުޅި މައްސަލަ އަދިވެސް ހައްލު ނުވާތީ މުޅި މާލެއަށާއި ހުޅުމާލެއަށް އަދި ކަރަންޓުގެ ޚިދުމަތް ނުދެވެއެވެ. އެކަމަކު ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަަތް ފޯރުކޮށް ދިނުމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން މައާފަށް އެދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 21 ދުވަސް ކުރިންހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފިޚަބަރު | މަހެއް ކުރިންހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | މަހެއް ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 2 މަސް ކުރިން