logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގެ ބިލިއަނަރު އާނަންދު އާއި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު މުވައްޒަފުން ބޭތިއްބުމަށް ނޮޓިންގް ހިލްގެ ފްލެޓްތަކެއް ގަނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މޭ 2026 - 12:55
އާނަންދު އާއި އަންހެނުން ސޯނަމް
އާނަންދު އާއި އަންހެނުން ސޯނަމް

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު، ލަންޑަންގެ ނޮޓިންގް ހިލްގައި ހުންނަ އެމީހުންގެ 21 މިލިއަން ޕައުންޑްގެ ގަނޑުވަރެއް ފަދަ ގޭގެ މަސައްކަތު މީހުން ބޭތިއްބުމަށްޓަކައި އެ ސަރަހައްދުން ފަސް ފްލެޓް ގަނެފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ތިން އަހަރު ކުރިން 200 އަހަރުވީ މި ބޮޑު އިމާރާތް ގަތުމަށްފަހު، އުމުރުން 42 އަހަރުގެ އާނަންދު އަހޫޖާ އާއި ސޯނަމް ކަޕޫރު ވަނީ އެތަނުގެ އެތެރެ އެއްކޮށް ބަދަލުކޮށް، ބޭސްމަންޓްގައި ފަތާ ފެންގަނޑަކާއި ބާސްކެޓް ކޯޓެއް ހެދުމަށް ރާވާފައެވެ. ނަމަވެސް މި މަޝްރޫޢާ ގުޅިގެން އަވަށްޓެރިންގެ ފަރާތުން ވަނީ ގިނަ އިއުތިރާޒްތަކެއް ކުރިމަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_9789.jpeg

އާންނަންދު އަދި ސޯނަމް

 

މި މައްސަލައިގައި ތިން އަހަރު ދުވަހުގެ ޕްލޭނިންގް ކޯޅުމަކަށްފަހު، އެ ދެމަފިރިންނަށް މިހާރު ވަނީ އިމާރާތް ކުރުމުގެ ހުއްދަ ލިބިފައެވެ. ނަމަވެސް، އަވަށްޓެރިން ތުހުމަތު ކުރާ ގޮތުގައި އެ ދެމަފިރިން ވަނީ ގާތްގަނޑަކަށް 4 މިލިއަން ޕައުންޑް ހޭދަކޮށް، އެ ސަރަހައްދުގެ 'ހިލްކްރެސްޓް' ބްލޮކުން ފަސް ފްލެޓް ގަނެފައެވެ.

IMG_9788.jpeg

Screenshot

 

އަވަށްޓެރިން ބުނާ ގޮތުގައި މި ފްލެޓްތައް ބޭނުންކުރާނީ އެމީހުންގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުން ބޭތިއްބުމަށެވެ. އަދި މިކަމާ މެދު އަވަށްޓެރިން ޝަކުވާކޮށްފި ނަމަ، އެ ފްލެޓްތައް 'ސޯޝަލް ހައުސިންގް' ނުވަތަ އާންމު ފަގީރުންނަށް ދޫކުރާ ބޯހިޔާވަހިކަމަށް ބަދަލުކުރާނެ ކަމުގެ އިންޒާރު ވެސް އެ ދެމަފިރިން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައަކީ ނޮޓިންގް ހިލް ފަދަ މުއްސަނދިން ދިރިއުޅޭ ސަރަހައްދެއްގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ސޯނަމް ކަޕޫރަކީ އިންސްޓަގްރާމްގައި 33 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނުފޫޒުގަދަ ތަރިއަކަށް ވާއިރު، މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިލިއަނަރު އާނަންދު އާއި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ނޮޓިންގް ހިލްގެ ފްލެޓްތަކެއް ގަނެފިދުނިޔެ | ގަޑިއިރެއް ކުރިންދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކަށް ސްޕެއިން ދުނިޔެ | 4 ދުވަސް ކުރިންއޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެދުނިޔެ | 5 ދުވަސް ކުރިންޓެކްސް އަށް މަކަރުހެދިކަމުގެ ދައުވާއިން ޝަކީރާ ސަލާމަތްވެ، އޭނާ އަށް 70 މިލިއަން ޑޮލަރު އަނބުރާ ދިނުމަށް ހުކުމެއްދުނިޔެ | 5 ދުވަސް ކުރިން