logo
Bank of Maldives

Bank of Maldives

ކުޅިވަރު

6 ޗެންޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް ކެޕްޓަން ކަރްވަހާލް ރެއާލްގެ ޖޯޒީގައި އެންމެ ފަހުމެޗު ކުޅެފި

އަބްދުﷲ ޣާނިމް
23 މޭ 2026 - 22:15
6 ޗެންޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް ކެޕްޓަން ކަރްވަހާލް ރެއާލްގެ ޖޯޒީގައި އެންމެ ފަހުމެޗު ކުޅެފި

އަލްވާރޯ އަރްބެލޯއާ އެކު ރެއާލް މެޑްރިޑުން ކުރި ދަތުރު ކާމިޔާބީއަކާއެކު ނިންމާލައިފިއެވެ. އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ރެއާލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާ، ޖޫޑް ބެލިންހަމް، ކީލިއަން އެމްބާޕޭ އަދި ބްރަހިމް ޑިއާޒްއެވެ.

އެސްޓާޑިއޯ ބާނަބިއުއަށް މި މެޗަކީ ވަރަށް އަސަރުގަދަ މެޗެކެވެ. އެއީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޑެނީ ކަރްވަހާލް އަދި ޑޭވިޑް އަލަބާ އެ ޓީމަށް ކުޅުނު ފަހު މެޗަށް ވުމުންނެވެ. މި މޮޅާއެކު، ލަލީގާގައި މި ސީޒަނުގައި ދިމާވި ގޮންޖެހުންތަކަށްފަހު ރެއާލުން ވަނީ ސީޒަން ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަރްވަހާލްގެ 451 ވަނަ އަދި ފަހު މެޗު ފެށުނީ ވަރަށް ފުރިހަމަކޮށްނެވެ. އޭނާ ދިން ރީތި ޕާހަކުން މެޗުގެ 11 ވަނަ މިނެޓުގައި ގާސިއާ ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ހަތަރު މިނެޓު ކުރިން ބެލިންހަމް ވަނީ ވޮލީއަކުން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޮރްކާ ގުރުޒެޓާ ވަނީ އެތުލެޓިކަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދު އާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ހަ މިނެޓު ތެރޭގައި އެމްބާޕޭ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އަލަބާ ބަދަލުކުރި ވަގުތު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް އިހުތިރާމް އަދާކޮށްފައެވެ. އަދި މެޗުގެ ފަހުކޮޅު ކަރްވަހާލް ބަދަލުކުރި ވަގުތު ދެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާއަށް 'ގާޑް އޮފް އޮނާ' އެއް އަރުވާފައެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ރެއާލްގެ ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި އުރުކޯ އިޒެޓާ ވަނީ އެތުލެޓިކްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި އެމްބާޕޭ ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 47 މެޗުން 49 ގޯލު ހިއްސާކޮށްފައެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި އެތުލެޓިކް ކްލަބާ ދެކޮޅަށް ބަލިނުވެ 21 މެޗު ހަމަކޮށްފައެވެ. މިއީ ލަލީގާގެ ތާރީޚުގައި އެ ޓީމުން އެތުލެޓިކާ ދެކޮޅަށް ދަމަހައްޓަމުން އަންނަ އެންމެ ދިގު ރެކޯޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

6 ޗެންޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް ކެޕްޓަން ކަރްވަހާލް ރެއާލްގެ ޖޯޒީގައި އެންމެ ފަހުމެޗު ކުޅެފިކުޅިވަރު | 10 ގަޑިއިރު ކުރިންޕެރޭޒްގެ އުނދަގޫ ބޮޑުވެ، ރެފްރީންނާއި ދެކޮޅަށް ދެއްކިވާހަކަތަކާއި ގުޅިގެން މާފަށްއެދުމަށް ޝަކުވާ ހުށަހަޅައިފިކުޅިވަރު | 2 ދުވަސް ކުރިން6 ޗެންޕިއަންސް ލީގުގެ ވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ކުލަބު ދޫކޮށްލަން ނިންމައިފިކުޅިވަރު | 5 ދުވަސް ކުރިންފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ރައީސް ޕެރޭޒްގެ ބާރުކަނޑުވާލުމަށް އޭނާގެ އެންމެބޮޑު ހަތުރު ސްޕެއިނުގެ ބޮޑުވަޒީރާއެކު ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިން