logo
Bank of Maldives

Bank of Maldives

ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއާއި އީރާނުން އުސޫލީގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައި: ރިޕޯޓް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 މޭ 2026 - 02:38
ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އުސޫލީގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައި: ރިޕޯޓް

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމަށް އެއްބަސްވުމުގެ ބަދަލުގައި، ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއާއި އީރާނުން އުސޫލީ ގޮތުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

ނަމަވެސް މި އެއްބަސްވުމުގައި އަދި ރަސްމީކޮށް ސޮއިކޮށްފައި ނުވާކަމަށާއި، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ފައިނަލް ހުއްދަ ލިބެންޖެހޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން އީރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން ނުވަތަ ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާ ބެހޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެމެރިކާގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މައްސަލަތަކަށް ކުރިއަށް އޮތް މަޝްވަރާތަކުގައި އަލިއަޅުވާލެވޭނެއެވެ. ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ޔުރޭނިއަމްގެ ރައްކާކޮށްފައިވާ މިންވަރާ މެދު ދޫދިނުންތަކެއް ދީފިނަމަ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވޮޝިންގޓަނުން ވަނީ ހުށަހަޅާފައެވެ.

"އަޅުގަނޑުމެންގެ ރޭވުމަކީ އެމީހުން ރައްކާކޮށްފައިވާ ހުރިހާ މުއްސަނދިކުރި ޔުރޭނިއަމްއަކާ މެދު ގޮތެއް ނިންމުން،" އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރީގެ މަޝްވަރާތަކާ ހިލާފަށް މިފަހަރު އީރާނުން ސީރިއަސް ދޫދިނުންތަކެއް ދެމުންދާކަން އެމެރިކާއިން ފާހަގަކުރެއެވެ. ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު އެކުލަވާލެވެމުންދާ އެއްބަސްވުމަކީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށްވުރެ ވަރުގަދަ އެއްބަސްވުމެއް ކަމަށް އެމެރިކާގެ ސަރުކާރުން ދެކެއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ނައްތާލާނެއެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި ސަރަހައްދީ ބައިވެރިން ގުޅިގެން މަސައްކަތް ކުރާނެއެވެ. އެމެރިކާގެ އޮފިޝަލް ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަތުން އެއްވެސް ފީއެއް ނުވަތަ 'ޓޯލް' އެއް ނެގުމުގެ ވިސްނުމެއް ނެތްކަން ސާފުކޮށްދެއްވާފައެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، މިޑްލް އީސްޓް އެންވޯއީ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވޮޝިންގޓަނުން މަސައްކަތް ކުރަމުންދަނީ މި މަރުހަލާގައި ސަރަހައްދީ ހުރިހާ ބައިވެރިން ޝާމިލުކުރުމަށެވެ. މި އެއްބަސްވުމަށް ފަހުގެ ހުއްދަ ލިބުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އުސޫލީގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައި: ރިޕޯޓްދުނިޔެ | ގަޑިއިރެއް ކުރިންޓްރަމްޕްގެ މަސައްކަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެދުނިޔެ | ދުވަހެއް ކުރިން ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | ދުވަހެއް ކުރިންއީރާނާއެކު ވެވޭ އެއްބަސްވުމުގެ ބޮޑުބައި ނިމިއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފިދުނިޔެ | ދުވަހެއް ކުރިން