logo
Bank of Maldives

Bank of Maldives

ޚަބަރު

ޑައިވަރުންގެ ކިބައިން ވަޒީރު އަދި ސީޕީ އެދިވަޑައިގަތީ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް

އައިޝަތު އިނާޝާ
26 މޭ 2026 - 12:04
ޑައިވަރުންގެ ކިބައިން ވަޒީރު އަދި ސީޕީ އެދިވަޑައިގަތީ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް

އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ފުލުހުންގެ ޑައިވަރުންގެ ޓީމު މެމްބަރުންގެ ކިބައިން ވަޒީރު އިޙްސާން އަދި ސީޕީ އެދިވަޑައިގެންފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ޓީމުގެ މެމްބަރުންގެ އަގުވަޒަންކުރެއްވިއެވެ.

އަދި މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވާ އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށްވެސް ވަޒީރު އަދި ސީޕީ ވަނީ ހިތްވަރުދެއްވާފައެވެ.

ކޮމިޝަނަރގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވަރުންގެ ކިބައިން ވަޒީރު އަދި ސީޕީ އެދިވަޑައިގަތީ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށްޚަބަރު | ގަޑިއިރެއް ކުރިންއީދުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯ އަށް ބަދަލެއްޚަބަރު | ގަޑިއިރެއް ކުރިންގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކުރި ދެމީހުން ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފިޚަބަރު | 20 ގަޑިއިރު ކުރިން