logo
Bank of Maldives

Bank of Maldives

ދުނިޔެ

ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒްގެ ސޯޝަލިސްޓް ޕާޓީގެ ހެޑްކުއާޓަރަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2026 - 12:00
ސަންޗޭޒް
ސަންޗޭޒް

ސްޕެއިންގެ އެންޓި-ކޮރަޕްޝަން ފުލުހުން ބުދަ ދުވަހު އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސޯޝަލިސްޓް ޕާޓީގެ މެޑްރިޑްގައި ހުންނަ މައި މަރުކަޒަށް ވަދެ ބަލައި ފާސްކުރަން ފަށައިފިއެވެ. މި ރެއިޑަކީ ވެރިކަންކުރާ ޕާޓީއަށް ގަވާއިދާ ހިލާފަށް ފައިސާ ހޯދާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ސިވިލް ގާޑްގެ އެލީޓް ސެންޓްރަލް އޮޕަރޭޓިވް ޔުނިޓް (ޔީސީއޯ) އިން ހިންގި ހަރަކާތެކެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސަންޗޭޒްގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ހޯސޭ ލުއިސް ރޮޑްރިގޭޒް ޒަޕަޓޭރޯގެ މައްޗަށް މަނީ ލޯންޑަރިންނާއި ނުފޫޒު ފޯރުވުމުގެ ދައުވާ ނޭޝަނަލް ކޯޓުން އުފުލިތާ އެންމެ ހަފުތާއެއް ފަހުންނެވެ. ޒަޕަޓޭރޯގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2021 ވަނަ އަހަރު ޕްލަސް އަލްޓްރާ އެއާލައިންސް ސަލާމަތްކުރުމަށް ސަރުކާރުން ދިން އެހީއާ ގުޅިގެން ހިންގާފައިވާ ޖިނާއީ ކުށްތަކަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ސޯޝަލިސްޓް ޕާޓީގެ ހެޑްކުއާޓަރަށް ފުލުހުން ވަނުމުގެ ހުއްދަ ދީފައިވަނީ ނޭޝަނަލް ކޯޓުންނެވެ. މިއީ އެންޓި-ކޮރަޕްޝަން ޕްރޮސިކިއުޓަރު ބަލަމުންދާ ވަކި ތަހުގީގަކާ ގުޅުންހުރި ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ސްޕެއިންގެ ޝަރުއީ އިދާރާތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ، ސަންޗޭޒްގެ ކޯލިޝަން ސަރުކާރަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ސަރުކާރު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ބާސްކް ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު އައިޓޯ އެސްޓެބަން ވިދާޅުވީ، މިހާރު ހުޅުވިފައިވާ 9 މައްސަލައަކާއި ޒަޕަޓޭރޯގެ މައްސަލައާއެކު، ސަރުކާރު ކުރިއަށް ގެންދިއުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އޭނާ ވަނީ މި އަހަރު ނިމުމުގެ ކުރިން އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އަނެއް ބައިވެރިއެއް ކަމަށްވާ ރިޕަބްލިކަން ލެފްޓް އޮފް ކެޓަލޯނިއާގެ ލީޑަރު ގަބްރިއަލް ރޫފިއާން ވިދާޅުވީ، ޕާޓީއަށް ގަވާއިދާ ހިލާފަށް ފައިސާ ހޯދާފައިވާ ކަމުގެ ހެކި ލިބިއްޖެނަމަ، އެ ޕާޓީން އިންތިހާބަކަށް ގޮވާލާނެ ކަމަށެވެ. 2018 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު މަރިއާނޯ ރާޖޯއީގެ ސަރުކާރު ވައްޓާލުމަށްވެސް އެ ޕާޓީން ތާއީދުކުރީ މިފަދަ ކޮރަޕްޝަންގެ މައްސަލައެއްގައެވެ. މި ރެއިޑާއެކު ސަންޗޭޒްގެ ސަރުކާރުގެ މުސްތަގުބަލާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގެ ބޮޑުވަޒީރުގެ ޕާޓީގެ ހެޑްކުއާޓަރަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފިދުނިޔެ | ގަޑިއިރެއް ކުރިންގުދުސްގައި ސޯމާލީލޭންޑްގެ އެމްބަސީއެއް ހުޅުވި މައްސަލަ 19 އިސްލާމީ ގައުމަކުން ކުށްވެރިކޮށްފިދުނިޔެ | 2 ދުވަސް ކުރިންދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި އެމެރިކާގެ މަޖިލިސް މެމްބަރަކު މަރުވެއްޖެދުނިޔެ | މަހެއް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 2 މަސް ކުރިން