logo
Bank of Maldives

Bank of Maldives

ރިޕޯޓް

“އިޖުތިމާޢީ އަޚްލާޤުންބޭރުވެ، މީހުންނާ ފޮށި، ފުރައްސާރަކޮށް ހެދުމުގެ މައްޗަށް ބިނާކޮށްފައިވާ ހުތުރު ޢަމަލުތަކަކީ މުނިފޫހި ފިލުވުމެއް ނޫން”

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މޭ 2026 - 15:29
އީދު ފާހަގަކުރަން ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކެއް
އީދު ފާހަގަކުރަން ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކެއް

ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތް ﷲ ދަރުމަކުރެއްވި މަތިވެރި މުނާސަބަތެކެވެ. ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ މި ޢީދަކީ، މުސްލިމުން އެކަލާނގެ ޝިޢާރުތައް މަތިވެރިކޮށް، ތަކުބީރުގެ އަޑުން ފަޒާ ގުގުމާލާ އުފާވެރި ދުވަސްތަކެކެވެ. ނަމަވެސް، ހިތާމަޔަކީ ޢީދު ފާހަގަކުރުމުގެ ނަމުގައި މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ ބައެއް ހުތުރު ޢަމަލުތަކެވެ. މީހުންނަށް ފުރައްސާރަކުރުމާއި، އިޖުތިމާޢީ އަޚްލާޤީ މިންގަނޑުތަކުން ބޭރުވުމަކީ އެއްގޮތަކަށްވެސް މުނިފޫހިފިލުވުމެއް ނޫނެވެ.

އިސްލާމީ ޢީދުގެ މަޤްޞަދާއި އަޚްލާޤް

Ad by Hajj Corporation

Ad by Hajj Corporation

މާތް ﷲ ޢީދު ދުވަސް ލައްވާފައިވަނީ އެކަލާނގެއަށް ޝުކުރުވެރިވުމަށާއި، މުސްލިމުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ލޯބި ބަދަހިކުރުމަށެވެ. ޢީދު ކުޅިވަރުތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ރިވެތި ސަޤާފަތާއި އުޞޫލުތަކުގެ ތެރޭގައެވެ. ނަމަވެސް ބައެއް ރަށްރަށުގައި ޢީދު ފާހަގަކުރުމުގެ ނަމުގައި އެކަކު އަނެކަކަށް މަލާމާތްކޮށް، ފުރައްސާރަކުރުން ވަނީ އާދައަކަށް ވެފައެވެ. މިއީ އިސްލާމީ ހިދާޔަތާ މުޅިން ޚިލާފު، ޝައިޠާނީ ޢަމަލުތަކެކެވެ. މިފަދަ ކަންކަމުން ދޭހަވަނީ އެބައެއްގެ އަޚްލާޤީ ފެންވަރު ދަށްކަމެވެ.

އިންސާނާގެ ކަރާމާތާއި ސޫރަ ބަދަލުކުރުން

މާތް ﷲ އިންސާނާ ޚަލްޤުކުރެއްވީ އެންމެ ފުރިހަމަ، ރިވެތި ސޫރައިގައެވެ. ކީރިތި ޤުރުއާނުގެ އައްތީން ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ: لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ އެވެ. މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު، އެންމެ ރިވެތި ސޫރައިގައި އިންސާނާ ޚަލްޤުކުރެއްވީމެވެ." އެހެންކަމުން، ޢީދު ފާހަގަކުރުމުގެ ނަމުގައި ހަށިގަނޑުގައި ކުލައާއި ތާރު އުނގުޅައި، ހުތުރު ސިފަޖެހިގެން އުޅުމަކީ ﷲ ދެއްވި މަތިވެރި ސޫރައަށް ކުރެވޭ އިހާނެތިކަމެކެވެ. މުސްލިމުން ޢީދު ފާހަގަކުރަންވާނީ ސާފުތާހިރުކަންމަތީ ތިބެގެންނެވެ.

ޖިންސު އޮޅުވާލުމާއި ލަޢުނަތްލެއްވިގެންވާ ޢަމަލުތައް

މިފަހަކަށް އައިސް ޢީދު ކުޅިވަރުތަކުގެ ތެރޭގައި ފިރިހެނުން އަންހެން ހެދުން އެޅުމާއި، އަންހެނުން ފިރިހެން ހެދުން އެޅުން ފަދަ މުޑުދާރު ކަންކަން ވަނީ އާންމުވެފައެވެ. މިއީ މާތް ނަބިއްޔާ ﷺ ހަރުކަށިކޮށް ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ވަނީ އަންހެނުންނާ ވައްތަރުވާން އުޅޭ ފިރިހެނުންނަށާއި، ފިރިހެނުންނާ ވައްތަރުވާން އުޅޭ އަންހެނުންނަށް ލަޢުނަތް ލައްވާފައެވެ. މުނިފޫހިފިލުވުމުގެ ނަމުގައި ﷲ ގެ ލަޢުނަތް އަމާޒުވާ ފަދަ ކަންކަން ކުރުމަކީ ބުއްދިވެރި މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ.

އަޚްލާގީ މިންގަނޑު މުގުރާލުން ޢީދުގެ ރޫހާ ޚިލާފް

ޢީދަކީ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ނަމަވެސް އެ އުފާވެރިކަން ހޯދަންވާނީ އިސްލާމީ ޙުދޫދުގެ ތެރޭގައެވެ. މީހުންނަށް އުނދަގޫކުރުމާއި، ފުރައްސާރަކުރުމާއި، އަދި އަޚްލާޤީ މިންގަނޑުތައް މުގުރާލުމަކީ ޢީދުގެ ރޫޙާ ޚިލާފު ކަންކަމެވެ. އަޅުގަނޑުމެންގެ ޢީދުތަކަކީ ﷲ ގެ ރުހުން ލިބޭނެ، ރިވެތި އަޚްލާޤީ ނަމޫނާ ފެންނަ ދުވަސްތަކަކަށް ހަދަންޖެހެއެވެ. ޢީދު ފާހަގަކުރުމުގައި އިސްލާމީ ޝަރީޢަތަށް ބޯލަނބައި، ހުތުރު ޢަމަލުތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

“އިޖުތިމާޢީ އަޚްލާޤުންބޭރުވެ، ފުރައްސާރަކުރުމުގެ ހުތުރު ޢަމަލުތަކަކީ މުނިފޫހި ފިލުވުމެއް ނޫން”ރިޕޯޓް | 2 ގަޑިއިރު ކުރިންހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާޚަބަރު | 21 ދުވަސް ކުރިންހެދުން އެޅުމުގެ މަގުސަދު ގެއްލޭގޮތަށް ހެދުން އެޅުން ހުއްޓާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފިޚަބަރު | މަހެއް ކުރިންބަދުރުގެ ދުވަހުގެ އެންމެ މަތިވެރި ފިލާވަޅު: ނަޞްރުދެއްވުން ވަނީ ﷲ އަށް ވަކީލުކުރާ މީހުންނަށްރިޕޯޓް | 3 މަސް ކުރިން