logo
MPL

MPL

ޚަބަރު

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށަނީ

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށަނީ

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

މިއީ މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ކޭސްތަކެއް ފެންނަމުންދާތީ ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން ބުނީ ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށާއި، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މުޅި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިއީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަަމަށް ވެސް ބުނެއެވެ.

މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ވަނީ މި ބަލީގެ 9 ކޭހެއް ފެނިފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ގާތުން ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، މީގެ ކުރިން ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ވެކްސިން ޖެހުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދީ، ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | ގަޑިއިރެއް ކުރިންފަރުވާއަށް ދާ ކޮންމެ މީހަކު ދުންފަތް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެޚަބަރު | 24 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | މަހެއް ކުރިންހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން މަޖުބޫރުޚަބަރު | މަހެއް ކުރިން