logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެނެޑީ ސެންޓަރުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޓްރަމްގެ ނަން އުނިކުރަން ކޯޓުން އަމުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މޭ 2026 - 16:16
ކެނެޑީ ސެންޓަރުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޓްރަމްގެ ނަން އުނިކުރަން ކޯޓުން އަމުރުކޮށްފި

އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު، ވޮޝިންގްޓަންގައި ހުންނަ ޖޯން އެފް. ކެނެޑީ ސެންޓަރު މަރާމާތަށް ވަގުތީގޮތުން ބަންދުކުރުން ހުއްޓުވައި، އެ އިމާރާތުގެ ނަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން އިތުރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ނިންމައިފިއެވެ. ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ކްރިސްޓޮފަރ ކޫޕަރ ހުކުރު ދުވަހު ނެރުއްވި 94 ސަފުހާގެ ރިޕޯޓުގައި ބުނެފައިވަނީ، ކެނެޑީ ސެންޓަރުގެ ބޯޑުން އަމިއްލައަށް އެތަނުގެ ނަން ބަދަލުކުރުމަކީ އެ ބޯޑަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

މި މައްސަލައަކީ ކެނެޑީ ސެންޓަރުގެ ބޯޑު މެންބަރެއް ކަމަށްވާ ކޮންގްރެސް މެންބަރު ޖޮއިސް ބީޓީ ހުށަހެޅުއްވި މައްސަލައެކެވެ. ފަނޑިޔާރު ކޫޕަރ އަމުރުކުރެއްވީ، އިމާރާތުގެ ބޭރުގައާއި، ޑިޖިޓަލް ބޯޑުތަކާއި އަދި ރަސްމީ ލިޔެކިޔުންތަކުން ޓްރަމްޕްގެ ނަން ވަގުތުން އުނިކުރުމަށެވެ. ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، އެ ސެންޓަރަށް ނަން ދީފައިވަނީ ކޮންގްރެސް އިން ކަމަށްވާތީ، އެ ނަން ބަދަލުކުރުމުގެ ބާރު އޮތީ ހަމައެކަނި ކޮންގްރެސްއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ސޯޝަލް މީޑިއާގައި ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، އެތަން ބެލެހެއްޓުމުގެ ޒިންމާ އަލުން ކޮންގްރެސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "އަހަރެން އެންމެ މޮޅަށް ކުރާ ކަންތައްތައް ކުރުމުގެ މިނިވަންކަން ނެތް ނަމަ، މި އިދާރާ ހިންގުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެތަނުގެ މަރާމާތަށް ހުރަސްއެޅޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކެނެޑީ ސެންޓަރު ދެ އަހަރަށް ބަންދުކުރުމަށް ބޯޑުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ފަނޑިޔާރު ވިދާޅުވީ، އެއީ އެކަށީގެންވާ ދިރާސާއެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ނަމަވެސް، އެތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ހުރަހެއް ނާޅުއްވައެވެ. އޭނާ ވިދާޅުވީ ބޯޑުން އަލުން މައްސަލަ ދިރާސާކޮށް، ގާނޫނީ އިމުގެ ތެރެއިން ނިންމުންތައް ނިންމަންޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ކޮންގްރެސް މެންބަރު ބީޓީ ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. "ކެނެޑީ ސެންޓަރަކީ އެމެރިކާގެ ރައްޔިތުންގެ ތަނެއް، އެއީ ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ތަނެއް ނޫން،" އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން، ކެނެޑީ ސެންޓަރުގެ ތަރުޖަމާނު ރޯމާ ދަރާވީ ވިދާޅުވީ، މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށާއި، ޓްރަމްޕް އެ ސެންޓަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރަންޖެހޭނެ ކަމަށެވެ.

ފަސްމަންޒަރު

ރައީސް ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު، ކެނެޑީ ސެންޓަރުގެ ބޯޑަށް އޭނާގެ އަރިސް ބޭފުޅުން އައްޔަންކުރައްވައި، އެތަނުގެ ނަން "ދަ ޑޮނަލްޑް ޖޭ. ޓްރަމްޕް އެންޑް ދަ ޖޯން އެފް. ކެނެޑީ މެމޯރިއަލް ސެންޓަރު" އަށް ބަދަލުކުރިއެވެ. މި ބަދަލާ ގުޅިގެން ފަންނާނުންގެ މެދުގައި ބޮޑެތި ނުތަނަވަސްކަން އުފެދި، ބައެއް ޝޯތައް ކެންސަލްކޮށް، އިސް ބައެއް މުވައްޒަފުން ވަނީ އިސްތިއުފާވެސް ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނެޑީ ސެންޓަރުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޓްރަމްގެ ނަން އުނިކުރަން ކޯޓުން އަމުރުކޮށްފިދުނިޔެ | ގަޑިއިރެއް ކުރިންފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންޓްރަމްޕްގެ މަސައްކަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެދުނިޔެ | 7 ދުވަސް ކުރިންމި ގަރުނުގައި ރައީސަކު ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުގެ ދަޢުވާ ޓްރަމްޕާއި ދެކޮޅަށްދުނިޔެ | 10 ދުވަސް ކުރިން