ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވާނެ: އީސީ
30 މޭ 2026 - 17:31
.jpeg&w=3840&q=75)
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ބައި-އިލެކްޝަންގައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފަސް ފޮށި ބަހައްޓަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އަދި މާލޭގައި ދެ ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.
މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގުއާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ.
އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އޮންނާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

Ad by Hajj Corporation


