logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2026 - 02:54
ފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެންބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ ''އަދަދު'' ނޫހުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވީ 'އަދަދު' ނޫހުން މިކަމާ ގުޅޭގޮތުން ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތެއް ކަމަށެވެ.

 

View post on Twitter

 

ޝުޖާއު އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، ޕީއެންސީގެ ޕާލަމެންޓް ގްރޫޕްގެ މެންބަރުންނަށް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެންބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ އެކަނި ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނާ ގުޅޭގޮތުން މިފަދަ ދޮގު ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދޮގު ޚަބަރު ފަތުރައި، ފިތުނަ އުފައްދައިގެން މިގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމީ މޮޔަކަމެއް ކަމުގައި ދަންނަވަން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒުޚަބަރު | 3 ދުވަސް ކުރިންމުޅި ޕާޓީ އަންނަނީ ކޮންގްރެސްއަށް ތައްޔާރުވަމުން، ބައްދަލުވުންތައް ވެސް ކައިރިކައިރީގައި ބާއްވާނެ: ޝުޖާއުޚަބަރު | 4 ދުވަސް ކުރިންމަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިޚަބަރު | 7 ދުވަސް ކުރިންފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއުޚަބަރު | 7 ދުވަސް ކުރިން