މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބުކުރުން މާދަމާ
31 މޭ 2026 - 06:25

ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މިއަދު ބޭއްވުމަށް ނިންމުމަށްފަހު މާދަމާއަށް ފަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމް އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރަކާ ގުޅިގެން މިއަދުގެ ޖަލްސާގައި ގޮތެއް ނިންމުމަށް ތާވަލުކޮށްފައި ވަނިކޮށްނެވެ.

Ad by Hajj Corporation
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ވެސް އެމައްސަލަކަމަށްވާއިރު، ނާޘިމް އިސްތިއުފާދެއްވީ މިއަދުގެ ޖަލްސާ ފެށެންކުޑަވަގުތުކޮޅަކަށްވެފައި އޮއްވައެވެ. މިއަދުގެ ޖަލްސާ އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 1 ޖަހާއިރު، ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.
އެހެންނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފައެވެ.


