logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: މެމްބަރު ފަލާހް

އައިޝަތު ނަޝާ
31 މޭ 2026 - 11:28
މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: އެމްޕީ ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެއްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. 

ފަލާހް މިފަދައިން ވިދާޅުވީ،މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެމްބަރު ފަލާހު ކުރިމަތި ލާން އުޅޭކަމަށް ބުނެ ބައެއް ނޫސް ތަކުން ފަތުރާ ހަބަރުތަކަށް ރައްދު ދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައެއް ނޫސްތަކުން ވަނީ، އެ މަޤާމަށް ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ކުރިމަތި ލާން އުޅެކަމަށް ބުނެފައެވެ.

އެނަމަވެސް، ފަލާހު ވަނީ އެ މަގާމަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް ނެއްކަން ހާމަކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ. ފަލާހު މިހާރު އަދާކުރައްވާ ޕީޖީ ލީޑަރުގެ މަގާމަކީ އެ ޕާޓީގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއް މަގާމެވެ. 

 

View post on Twitter

 

ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހަށް އާ ނައިބު ރައީސަކު ހޮވުމަށް މިއަދު މެންދުރު 1:00 އަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރި އެވެ. ނަމަވެސް، މަގާމަށް ގެންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ އެތެރޭގައި ގޮތެއް ނުނިމޭތީ ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިހާތަނަށް ޕާޓީއަށް އިރުޝާދެއް ދެއްވާފައެއް ނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ދުރުކުރަން ޕީއެންސީގެ މެންބަރުން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ތުހުމަތުކޮށްްފައިވެ އެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ނާޒިމް މިއަދު ނެރެނު ބަޔާނުގައި ބުނީ އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އަދި އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާނެ ކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: އެމްޕީ ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންމެމްބަރު ފަލާހް ވިދާޅުވަނީ: ތިން ރައީސުންގެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް!ޚަބަރު | 16 ދުވަސް ކުރިންޚަތިމުގައި އަތްލައި ހުވާވެސްކޮށްފާނަން؛ ރައީސް މުއިއްޒާ ދެކޮޅަށް ފަތުރާ ވާހަކަތަކަކީ ބުހުތާނު ދޮގު: ފަލާހް ޚަބަރު | 17 ދުވަސް ކުރިންމަސްވެރިނަންނަށް ނޭވާލެވޭ ވަރު ވީ މި ސަރުކާޜު އައިފަހުން: މެމްބަރު ފަލާހްޚަބަރު | މަހެއް ކުރިން