logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފި

އައިޝަތު ނަޝާ
1 ޖޫން 2026 - 04:31
މަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް ދެ ބޭފުޅެއްގެ ނަން މިއަދު ހުށަހަޅައިފިއެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލިހުގެ ނައިބު ރައީސް ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ގެ ނަމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ސަމީރެވެ.

ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށްޚަބަރު | 12 ގަޑިއިރު ކުރިންމަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބުކުރުން މާދަމާޚަބަރު | ދުވަހެއް ކުރިން