މަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި
1 ޖޫން 2026 - 05:08

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފިއެވެ. ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިޚާބު ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަނީ އެ މަޤާމުގައި ކުރިން ހުންނެވި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ނައިބު ރައީސްކަމުގެ މަގާމަށް ހުށަހަޅައި ތާއީދު ލިބުނީ ޕީއެންސީގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށެވެ.
ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުން އެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހޮވިފައިވަނީ 62 ވޯޓުންނެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ.
ޖުމްލަ 74 މެންބަރުން ވޯޓު ލާފައިވާއިރު ބާޠިލް ވޯޓު 2 ކަމަށް ވަނީ ނިންމާފައެވެ.
މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖަލްސާއަށް ހުށަހަޅައި 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލިއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް ހުށަހަޅުއްވި މިކޮމެޓީ މަޖިލީހުގައި ހާޒިރުވެ ތިބި 65 މެންބަރުން ތާޢީދުލިބުނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މެންބަރު ސަލީމް ވަނީ 2014 ވަނަ އަހަރާއި 2019 އަހަރު އަދި 2024 ވަނަ އަހަރުވެސް މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެންފައެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރު ސަލީމް އިންތިޚާބު ވެވަޑައިގަތީ ޕީޕަލް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.
މެންބަރު ސަލީމަކީ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު 2 ވަނަ ނައިބު ރައީސެވެ.އިބު ރައީސެވެ.

Ad by Hajj Corporation


