logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު 2 މީހަކު ހިމަބިއްސަށް ޕޮޒްޓިވްވެ، ޖުމްލަ އަދަދު 11 އަށް

އައިޝަތު އިނާޝާ
2 ޖޫން 2026 - 11:37
އިތުރު 2 މީހަކު ހިމަބިއްސަށް ޕޮޒްޓިވްވެ، ޖުމްލަ އަދަދު 11 އަށް

އަނެއްކާ ވެސް އިތުރު ދެމީހަކު ހިމަބިއްސަށް  ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ވޭތުވެދިޔަ ދެ ހަފްތާގައި އިތުރު 2 މީހަކު ޕޮޒްޓިވްވެ، ހިމަބިހީގެ ޖުމްލަ އަދަދު 11 އަށް ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން ބުނީ ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށާއި، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މުޅި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، މިދިޔަ މެއި މަހުން ފެށިގެން މާލެ ސަރަހައްދުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ، މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ގާތުން ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، މީގެ ކުރިން ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ވެކްސިން ޖެހުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދީ، ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 2 މީހަކު ހިމަބިއްސަށް ޕޮޒްޓިވްވެ، ޖުމްލަ އަދަދު 11 އަށްޚަބަރު | ގަޑިއިރެއް ކުރިންހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށަނީޚަބަރު | 3 ދުވަސް ކުރިންބަލިތައް އިތުރުވާތީ، ސަމާލުކަން ދިނުމަށް އެޗްޕީއޭގެ އިރުޝާދުތަކެއްޚަބަރު | 9 ދުވަސް ކުރިންއެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފިޚަބަރު | 15 ދުވަސް ކުރިން