logo
Bank of Maldives

Bank of Maldives

ޚަބަރު

މުޅި ޕާޓީ އަންނަނީ ކޮންގްރެސްއަށް ތައްޔާރުވަމުން، ބައްދަލުވުންތައް ވެސް ކައިރިކައިރީގައި ބާއްވާނެ: ޝުޖާއު

މަރިޔަމް މާޙީ
3 ޖޫން 2026 - 04:42
މުޅި ޕާޓީ އަންނަނީ ކޮންގްރެސްއަށް ތައްޔާރުވަމުން،  ބައްދަލުވުންތައް ވެސް ކައިރިކައިރީގައި ބާއްވާނެ: ޝުޖާއު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މުޅި ޕާޓީ މިހާރު ތައްޔާރުވަމުން އަންނަނީ އެ ޕާޓީގެ ބޮޑު ކޮންގްރެސްއަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ވަރަށް ގާތްގާތުގައި ބާއްވަމުން ގެންދާނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ރޭ ބޭއްވުނު ޕީއެންސީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރޭ ބޭއްވި މި ބައްދަލުވުމުގައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުހިންމު ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

ރައީސް މުއިއްޒު ހުށަހެޅުއްވި މި ހުށަހެޅުން، މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، ރައީސް ހުށަހެޅުއްވި އެ ހުށަހެޅުމަކީ ސީދާ ކޮން ކަމަކާ ގުޅޭ ހުށަހެޅުމެއް ކަމެއް ޝުޖާއު ހާމަކުރައްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ހުށަހެޅުއްވީ ޕާޓީގެ ކޮންގްރެސް އަވަސްކުރުމަށެވެ. ނަމަވެސް ޕީއެންސީން މިކަން އަދި ހާމަކޮށްފައެއްނުވެއެވެ.

ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، "މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން" ކަމަށެވެ. އަދި ޕާޓީގެ ނިންމުންތައް ނިންމުމުގައި މެމްބަރުންގެ މަޖިލީހުގެ ދައުރު ފުޅާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އެ މަޖިލީހުގެ ބައްދަލުވުންތައް ކައިރިކައިރީގައި ބާއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ޕާޓީ އަންނަނީ ކޮންގްރެސްއަށް ތައްޔާރުވަމުން، ބައްދަލުވުންތައް ވެސް ކައިރިކައިރީގައި ބާއްވާނެ: ޝުޖާއުޚަބަރު | 2 ގަޑިއިރު ކުރިންފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއުޚަބަރު | 3 ދުވަސް ކުރިންރައީސް ޔާމީންގެ އަސްލު ފިކުރު މިރޭ ހާމަވެގެންދާނެ: ޝުޖާޢުޚަބަރު | 19 ދުވަސް ކުރިންހޯމް މިނިސްޓަރަށް ތާއީދު ކުރެއްވުމުން ރައީސްގެ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ: ޝުޖާއުޚަބަރު | މަހެއް ކުރިން