logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒު

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒު

ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ 'ބިނާކުރަނިވި' ފިކުރާއި 'ފަނާކުރަނިވި' ފިކުރު ކަމަށާއި އޭގެތެރެއިން މިހާރު ވެރިކަންކުރަނީ 'ބިނާކުރަނިވި' ފިކުރު ކަަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ މިނިސްޓަރު އިނާޒް އަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނާޒު ވިދާޅުވީ ދޭތެރެއިން ރާއްޖޭގައި ކުދިކުދި ސިޔާސީ ޕާޓީތައް އުފައްދާ ކަމަށާއި އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެެއްދެވި 'ދަ ޑިމޮކްރެޓްސް' އުވާލުމާގުޅޭގޮތުން ވިދާޅުވީ އެ ޕާޓީއަށް ވެސް ކުރިއަށް ނުދެވުނީ އެހެންވެގެން ކަމަށެވެ. އަދި އެ ޕާޓީގެ އިސްފަރާތްތަކުން އަނބުރާ އައިސް އެމްޑީޕީ އާ ގުޅުމުން ވެސް ދޭހަވަނީ ގިނަ ޕާޓީތަކެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން މެމްބަރުންގެ އަދަދު ހަމަނުވާ އަދި އެކަށީގެންވާ ގޮތުގައި ސިޔާސީ ހަރަކާތްތައް ރާއްޖޭގައި އެބަހުރި ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާ އެއްގޮތަށް އެކުރާ މަސައްކަތުން އެފަދަ ޕާޓީތައް އުވޭނެކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރަށް ދެފަހަރެއްގެ މަތިން ވެރިކަން ކުރަން ލިބުނުއިރު، ފުރަތަމަ ފަހަރު ރައީސް ނަޝީދުގެ ދައުރު ހަމަނުކުރައްވާ އިސްތިއުފާދެއްވިކަން ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ނިމިދިޔަ ފަސް އަހަރު ވެސް ރާއްޖެއަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރުތަކެއް ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ފަހު ފަސް އަހަރަކީ ރާއްޖެ ބަނގުރޫޓުވުމާ ދިމާލަށް ދަތުރުކޮށް، ތަރައްގިޣެ މަޝްރޫއުތައް ނުހިނގާ އަހަރުތަކެއް ކަމަށް އިނާޒު ވިދާޅުވިއެވެ. އަދި ބޭރުގެ ދަރަނި ނަގާ އިންތިހާއަށް ނެގިކަމަށާއި 2023 ގައި ޕީއެންސީ ވެރިކަމާ ހަވާލުވިއިރު، ރާއްޖެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަަމަށް ވިދާޅުވިއެވެ.

ރާއްޖެ އޮތީ މާލީގޮތުން ބަނގުރޫޓުުމާ ގާތުގައި ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުން މިހާރު މިވަނީ ހަމަނޭވާ ލެވިފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒުޚަބަރު | 2 ގަޑިއިރު ކުރިންމަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިޚަބަރު | 4 ދުވަސް ކުރިންފައިސާ ބެހި ވާހަކައަކީ ދޮގެއް، ފިތުނަ އުފައްދައިގެން ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާނުލެވޭނެ: ޝުޖާއުޚަބަރު | 4 ދުވަސް ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 10 ދުވަސް ކުރިން