logo
Bank of Maldives

Bank of Maldives

ޚަބަރު

މީސްމީޑިއާ ބޭން ކުރުން ވާނީ،ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް: މެޑަމް

އައިޝަތު ނަޝާ
4 ޖޫން 2026 - 05:37
 މީސްމީޑިއާ ބޭން ކުރުން ވާނީ،ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް: މެޑަމް

 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވަނީ، ކުޑަކުދިން އިންޓަނެޓް ބޭނުންކުރުމުގައި ހެލްތީ ބައުންޑަރީސް ނުވަތަ އިންތަކެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑިޖިޓަލް ދުނިޔެއަކީ އުނގެނުމާއި އައު އީޖާދުތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދޭ ތަނެއް ނަމަވެސް، އެކަށީގެންވާ ބެލެނިވެރިކަމެއް ނެތި އެ ވަސީލަތްތައް ބޭނުންކުރުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދިރިއުޅުމުގައި ދުވަހަކުވެސް ފޮހެނުލެވޭނެ ފަދަ ލަކުނުތަކެއް ޖެހިދާނެ ކަމެއް ކަމަށް އަކަމަނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ސަރުކާރުގެ "ނޭޝަނަލް އެކްޝަން ޕްލޭން 2024-2028" ގެ ދަށުން އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ އަނިޔާތަކުން ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދާއިރު، އެކަން ކުރަންވާނީ ކުދިންގެ އަހުލާގާއި، ދީނީ ސިފަތަކާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެން ނުދާނެ ފަދަ ގޮތަކަށް ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ޑިޖިޓަލް ދުނިޔޭގައި ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ މުއައްސަސާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ގޭތެރެއިން ފެށިގެން ބެލެނިވެރިން ހޭލުންތެރިވެގެން ކުރަންޖެހޭ މަސައްކަތެއްކަން މެޑަމް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީސްމީޑިއާ ބޭން ކުރުން ވާނީ،ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް: މެޑަމްޚަބަރު | 2 ގަޑިއިރު ކުރިންދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 4 ދުވަސް ކުރިން މެޑަމް ސާޖިދާ ނަރުހުންގެ ދުވަހުގެ ބަހުސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 23 ދުވަސް ކުރިންސިފަމާ ފަން ރަން 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | މަހެއް ކުރިން