logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލަން ވޯޓުދިން އަމިއްލަ ޕާޓީ މެމްބަރުންނަކީ ވަރަށް ނުބައިބައެއްކަމަށް ވިދާޅުވި ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެން

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖޫން 2026 - 20:11
އީރާނުގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލަން އަމިއްލަ ޕާޓީ މެމްބަރުން ވޯޓު ދިނުމުން ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެން

އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރުމަށް އިދިކޮޅު ޑިމޮކްރެޓުން އިސްވެ ތިބެ ހުށަހެޅި ބިލަށް ތާއީދުކުރި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންދެކެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ފާޑުވިދާޅުވެއްޖެއެވެ. މި ބިލަކީ ރައީސްގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލުމަށް މަޖިލީހުން ފާސްކުރި މުހިންމު ނިންމުމެކެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ވޯޓުގައި ބައިވެރިވެ އެއްކޮޅަށް ވޯޓުދިން އަމިއްލަ ޕާޓީގެ މެމްބަރުންނަކީ ވަރަށް ނުބައި ނުލަފާ ބައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "އިއްޔެ ބޭއްވި މާނައެއް ނެތް ވޯޓެއްގައި، މަޖިލީހުގެ 4 ނުބައި ރިޕަބްލިކަން މެންބަރުންނާއި ހުރިހާ ޑިމޮކްރެޓުން ވޯޓު ދިނީ އަޅުގަނޑުގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް" އޭނާ ވިދާޅުވެފަވެއެވެ.

އަދި މިކަން މިކުރީ އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމުމަށް އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ބިލަށް ވޯޓު ދެއްވި ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ޕެންސިލްވޭނިއާގެ މެންބަރު ފިޓްޒްޕެޓްރިކް ހިމެނެއެވެ. މީގެ ހަފްތާތަކެއް ކުރިން ޓްރަމްޕް ވަނީ ފިޓްޒްޕެޓްރިކް އަބަދުވެސް އޭނާއާ ދެކޮޅަށް ވޯޓު ދޭތީ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

 "އޭނާ ޓްރަމްޕާ ދެކޮޅަށް ވޯޓު ދޭން ބޭނުންވޭ. އެކަމަކު އެނގޭތަ ވާނެ ގޮތް؟ އެކަން ނިމޭނީކީ ރަނގަޅަކަށް ނޫން،" ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މި ބިލަށް ތާއީދުކުރި އަނެއް ދެ މެންބަރުން ކަމަށްވާ އޮހައިއޯގެ ޑޭވިޑްސަން އާއި މިޝިގަންގެ ބެރެޓް އަކީ އަސްކަރީ ތަޖުރިބާކާރުންނެވެ. ބެރެޓް އަކީ އިރާގު ހަނގުރާމައިގައި ބައިވެރިވެފައިވާ ހެލިކޮޕްޓަރު ޕައިލެޓެކެވެ. ޑޭވިޑްސަން އަކީ ފެށުނީއްސުރެ އީރާނު ހަނގުރާމައާ ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ.

މި ވޯޓުން ހާމަވަނީ އީރާނާއެކު ކުރަމުންދާ ހަނގުރާމައާ މެދު ކޮންގްރެސްގެ މެންބަރުންގެ މެދުގައި، ހާއްސަކޮށް ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުންތަކެވެ. ހަ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ބުނި މި ހަނގުރާމަ މިހާރު ހަތަރު މަހަށް ދެމިގެން ގޮސްފައިވާއިރު، ގައުމުގެ އިގްތިސާދަށް ވަނީ މީގެ އަސަރުކޮށްފައެވެ. ތެލުގެ އަގު ލީޓަރަކަށް 4.20 ޑޮލަރަށް އަރާފައިވާއިރު، އިންފްލޭޝަން ރޭޓް ވަނީ 3.8 އިންސައްތައަށް އުފުލިފައެވެ.

ކުރިން ޑިމޮކްރެޓުން މިފަދަ ގަރާރެއް ފާސްކުރަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، މިފަހަރު އެކަށީގެންވާ އަދަދަކަށް ވޯޓު ހަމަވުމުން ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ އެމީހުންގެ ނިންމުން ބަދަލުކޮށްފައެވެ. ހަމައެއާއެކު، ސެނެޓުންވެސް ވަނީ މިފަދަ މައުޟޫއަކަށް ބަހުސްކޮށް، ކުރިއަށް ދިއުމަށް ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލަން އަމިއްލަ ޕާޓީ މެމްބަރުން ވޯޓު ދިނުމުން ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެންދުނިޔެ | 2 ގަޑިއިރު ކުރިންކެނެޑީ ސެންޓަރުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޓްރަމްގެ ނަން އުނިކުރަން ކޯޓުން އަމުރުކޮށްފިދުނިޔެ | 5 ދުވަސް ކުރިންފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 6 ދުވަސް ކުރިންޓްރަމްޕްގެ މަސައްކަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެދުނިޔެ | 12 ދުވަސް ކުރިން