logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
15 އޮކްޓޯބަރު 2024 - 04:58
ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ  ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށް

ދަންޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރަށް އިޙްތިރާމްކޮށް، ދަނޑުވެރިކަމުގެ ރޮނގުން ޒުވާން ޖީލަށް ވިސްނުމަށް ބާރުއެޅުމަށް ޚާއްޞަކޮށްފައިވާ ދުވަހެކެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭގެ އިގްތިސާދަށް އެ ސިނާއަތުގެ ހިއްސާ އިތުރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަނޑުވެރިކަމަކީ ޒަމާނުއްސުރެ އިޤްތިޞާދަށް ހިއްސާކުރާ ސިނާއަތެއް ކަމަކު، މިހާރަށް ވުރެ ފުޅާކޮށް އިޤްތިޞާދަށް ހިއްސާކުރާ، ދާއިރާއަކަށް ހެދުމަށް ޒަމާނީ ފެންވަރަކަށް ދަނޑުވެރިކަން ކުރެވޭނެ އިންތިޒާމް ހުންނަން ޖެހެއެވެ.

ކޮވިޑަށް ފަހު މި ދާއިރާއަށް ނުކުންނަ ޒުވާނުން އިތުރުވަމުންދާކަން އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަކުރެއެވެ.

މާލީ އެހީތެރިކަމާއި ފަންނީ ތަމްރީނުތައް ބޭނުންވާ ވާޓިކަލް ފާމިން ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.

މިމަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަނޑުވެރިކަމުގެ އާދަތަކާއި، ޚަރަދާއި، އާމްދަނީއާއި، މި ދާއިރާގެ ސަބަބުން މުޅި އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ މުހިންމު މަޢުލޫމާތުއެއް އެއްކުރުމުގެ މަޤްޞަދުގައި ޤައުމީ "އެގްރިކަލްޗަރ ސެންސަސް" އެއް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ދަނޑުވެރިކަމުގެ ކުރިއެރުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގްރާންޓް ޕްރޮގްރާމެއް ތައާރަފުކޮށް، އެކަމަށް ޝައުގުވެރިވާ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާތަކުން ދަނޑުވެރިން ސަލާމަތް ކުރުމަށް އާ އިންޝުއަރެންސް ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ދަނޑުވެރިކަމުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސިން ފެސިލިޓީއެއް ގާއިމުކުރުމަށް ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، މި ދާއިރާކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް ލިބޭނެ ބޮޑު ފައިދާއެއް: ފަސްޓް ލޭޑީޚަބަރު | 7 މަސް ކުރިންށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއްޚަބަރު | 8 މަސް ކުރިންދަނޑުވެރިޔާ ނަފާ ލޯނު: ރަހުނަކާ ނުލާ 5 ލައްކަ ރުފިޔާ ދޫކުރަނީ Business | އަހަރެއް ކުރިންދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށްޚަބަރު | އަހަރެއް ކުރިން