logo
Bank of Maldives

Bank of Maldives

ޚަބަރު

ށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއް

އާމިނަތު ޝަފާ
21 ޖެނުއަރީ 2025 - 10:05
ށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއް

ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

‎ މިއީ ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫޢުއެއްކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

‎މި މަޝްރޫޢުގެ ދަށުން ށ. ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ އަތޮޅު ކައުންސިލުން 450,120.00 ރުފިޔާ (ހަތަރުލައްކަ ފަންސާސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ޚަރަދުކޮށްގެން، ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޮއިދޫ ކައުންސިލާ ޙަވާލުކޮށްގެންކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ.

‎އަތޮޅު ކައުންސިލުން ފާހަގަ ކުރައްވާ ގޮތުގައި މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު މަޝްރޫޢުތައް އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

‎މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް ލިބޭނެ ބޮޑު ފައިދާއެއް: ފަސްޓް ލޭޑީޚަބަރު | 7 މަސް ކުރިންށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއްޚަބަރު | 8 މަސް ކުރިންދަނޑުވެރިޔާ ނަފާ ލޯނު: ރަހުނަކާ ނުލާ 5 ލައްކަ ރުފިޔާ ދޫކުރަނީ Business | އަހަރެއް ކުރިންދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށްޚަބަރު | އަހަރެއް ކުރިން