logo
Bank of Maldives

Bank of Maldives

Business

ދަނޑުވެރިޔާ ނަފާ ލޯނު: ރަހުނަކާ ނުލާ 5 ލައްކަ ރުފިޔާ ދޫކުރަނީ

އަޙްމަދު ޒަލީފް
15 އޮކްޓޯބަރު 2024 - 12:21
ދަނޑުވެރިޔާ ނަފާ ލޯނު: ރަހުނަކާ ނުލާ 5 ލައްކަ ރުފިޔާ ދޫކުރަނީ

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން ރަހުނަކާ ނުލައި ނެގޭނެ ލޯނުގެ އަދަދު 500،000 ރުފިޔާއަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

މިހާރު ރަހުނަކާ ނުލައި ނެގޭ 100،000 ރުފިޔާގެ ލޯނު 500،000 ރުފިޔާއަށް ބޮޑުކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ އެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ރަމީލާ ވިދާޅުވީ ދިވެހި ސަރުކާރާއި އިފާޑް ގުޅިގެން ކުރިއަށްގެންދާ، އެގްރި ބިޒްނަސް ޕްރޮގްރާމު ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 12 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކޮށްފައިވާއިރު، އިތުރު 5 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ނަމޫނާ ދެއްކި ގްރީން ހައުސްތަކަށް ދަނޑުވެރިން އަމިއްލައަށް އިންވެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ދަނޑުވެރި މަންފާގެ ނަމުގައި ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އަދި ހިލޭ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ ހަފްތާގައި ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް ލިބޭނެ ބޮޑު ފައިދާއެއް: ފަސްޓް ލޭޑީޚަބަރު | 7 މަސް ކުރިންށ. އަތޮޅު ކައުންސިލުން، ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހޭދައެއްޚަބަރު | 8 މަސް ކުރިންދަނޑުވެރިޔާ ނަފާ ލޯނު: ރަހުނަކާ ނުލާ 5 ލައްކަ ރުފިޔާ ދޫކުރަނީ Business | އަހަރެއް ކުރިންދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށްޚަބަރު | އަހަރެއް ކުރިން