logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އިދިކޮޅު ޕާޓީތައް އެކުގައި މަސައްކަތްކުރަނިކޮށް ޕީއެންސީ އެކަނި ނުކުމެ ހޯދުނީ ބޮޑު ކާމިޔާބެއް: ޕީއެންސީ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2026 - 02:18
އިދިކޮޅު ޕާޓީތައް އެކުގައި މަސައްކަތްކުރަނިކޮށް ޕީއެންސީ އެކަނި ނުކުމެ ހޯދުނީ ބޮޑު ކާމިޔާބެއް: ޕީއެންސީ

އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުންދިޔަ ދަނޑިވަޅެއްގައި، އިއްޔެ ބޭއްވި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިތުރު ޕާޓީއެއްގެ އެހީތެރިކަމެއް ނެތި ޕީއެންސީން ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް ދާއިރާގެ ރައްޔިތުން ދެއްވި ތާއީދަށްޓަކައި ނުހަނު ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މި އިންތިޚާބުގައި ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓެއްގެ އަޣުލަބިއްޔަތު ސަޢީދު ހޯއްދަވާފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަޣުލަބިއްޔަތުވެސް ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ. ޕީއެންސީން ބުނި ގޮތުގައި ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުގެ ޖުމްލަ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ސަޢީދަށެވެ.

 "އެއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުންއައި ދަނޑިވަޅެއްގައި، އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި މި ޕާޓީއަށް ހޯދުނު ކާމިޔާބެއް ކަމަށް ދެކެމެވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.

މި އިންތިޚާބަށް ތައްޔާރުވުމުގައި ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އޭނާގެ ކެމްޕެއިން ޓީމުން ކުރެއްވި ބުރަ މަސައްކަތް ޕާޓީން ވަނީ ބަލައިގެންފައެވެ. އަދި ޕާޓީގެ ލީޑަރޝިޕާއި އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ތާއީދު ހޯއްދެވުމަށް ކުރެއްވި މަސައްކަތަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

މި ބައި-އިލެކްޝަން އަބުދުﷲ ސޯދިގު ކާމިޔާބުކުރެއްވީ އެންމެ 62 ވޯޓުގެ ތަފާތަކުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | ގަޑިއިރެއް ކުރިންހިތަދޫ ބައި އިލެކްޝަންގައި ޕީއެންސީން ނަތީޖާ ހޯދީ އެމްޑީޕީން މުޅި ދަޢުލަތް ލޫޓުވާލި ގޮތަށް ކަންކޮށްގެންނެއް ނޫން: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންއިދިކޮޅު ޕާޓީތައް އެކުގައި މަސައްކަތްކުރަނިކޮށް ޕީއެންސީ އެކަނި ނުކުމެ ހޯދުނީ ބޮޑު ކާމިޔާބެއް: ޕީއެންސީޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި މިހާރު ވެރިކަން ކުރަނީ 'ބިނާކުރަނިވި' ފިކުރުން: އިނާޒުޚަބަރު | 3 ދުވަސް ކުރިން