logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާގައި ދިން ''ފޭކް ޕިއްޒާ އޯޑަރެއް'' ޑެލިވަރީކުރަން ދިޔަ އިންޑިއާ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި މަރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2026 - 09:36
އެމެރިކާގައި މަރާލި އިންޑިއާގެ ޒުވާނާ
އެމެރިކާގައި މަރާލި އިންޑިއާގެ ޒުވާނާ

އެމެރިކާގެ ފިލަޑެލްފިއާގައި ޕާޓް-ޓައިމްކޮށް ޕިއްޒާ ޑެލިވަރީ ކުރަން އުޅުނު އިންޑިއާގެ ޒުވާނަކު، ފޭކު އޯޑަރެއް ދީގެން ގެންގޮސް އޭނާގެ ބޮލަށް ބަޑިޖަހައި މަރާލައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ އަންޝުލް ކުންޗާއެވެ. އަންޝުލްއަކީ އިންޑިއާގައި ބީ-ޓެކް ނިންމުމަށްފަހު މާސްޓާސް ހެދުމަށް އެމެރިކާއަށް ގޮސްހުރި ޒުވާނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ ތެލަންގާނާއަށް ނިސްބަތްވާ އަންޝުލްއަކީ މަލްޓިނޭޝަނަލް ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން، އިތުރު އާމްދަނީ ހޯދުމަށް ހަފްތާ ބަންދުގައި ޕިއްޒާ ޑެލިވަރީގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. ރިޕޯޓްތައް ބުނާގޮތުން، އޭނާ މަރާލާފައިވަނީ މީހުން ނޫޅޭ ފަޅު ސަރަހައްދަކަށް ޕިއްޒާ ޑެލިވަރީ ކުރަން ދިޔަ ވަގުތު، މީހަކު އޭނާގެ ބޮލަށް އެތައް ފަހަރަކު ބަޑިޖަހައިގެންނެވެ.

އަންޝުލްގެ އާއިލާއިން ބުނާ ގޮތުގައި މިއީ އޭނާ މަރާލުމަށް ރޭވިގެން ދިން ފޭކު އޯޑަރެކެވެ. އަންޝުލްގެ އަތުން އެއްވެސް އެއްޗެއް ފޭރިގެންފައި ނުވާތީ، މިއީ ހަމައެކަނި އޭނާގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއެއް ކަމަށް އާއިލާއިން ގަބޫލުކުރެއެވެ. އޭނާގެ އާއިލާއިން ވަނީ އަންޝުލްގެ ހަށިގަނޑު ވީހާވެސް އަވަހަކަށް އިންޑިއާއަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައެވެ.

އަންޝުލްގެ އާއިލާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ހަމަލާދިން ވަގުތު އެ ސަރަހައްދުން މާސްކު އަޅައިގެން ތިބި ދެ މީހަކު ފެނިފައިވެއެވެ. 

"އޭނާ ފޮނުވީ ފަޅު ސަރަހައްދަކަށް، އެއީ އޭނާ މަރާލަން ޖެހި މަޅިއެއް،" އަންޝުލްގެ އަންހެން ކޮއްކޮ ތަންވީ މީޑިއާތަކަށް ބުނެފައިވެއެވެ.

ނިއުޔޯކްގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އިން ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. އަދި އަންޝުލްގެ އާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށާއި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މައްސަލަ ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާގައި ދިން ''ފޭކް ޕިއްޒާ އޯޑަރެއް'' ޑެލިވަރީކުރަން ދިޔަ އިންޑިއާ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި މަރާލައިފިދުނިޔެ | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިނުމުން ބަޑިޖަހައިގެން މަސްހިފަން އުޅުނު ޒުވާނަކު މަރުވެއްޖެދުނިޔެ | ދުވަހެއް ކުރިންމަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެދުނިޔެ | ދުވަހެއް ކުރިންހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފިދުނިޔެ | ދުވަހެއް ކުރިން