logo
މާފަންނު ގެއެެްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ޓީޖީއެސްޓީ ބޮޑު ކުރުމަކުން ރައްޔިތު މީހާއަކަށް އޭގެ އަސަރެއް ނުކުރާނެ، އާމްދަނީ ލިބުމުން ކުރާނީ ފައިދާ: ސައުދުﷲ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2024 - 05:03
ޓީޖީއެސްޓީ ބޮޑު ކުރުމަކުން ރައްޔިތުންނަށް އަސަރެއް ނުކުރާނެ، އާމްދަނީ ލިބުމުން ކުރާނީ ފައިދާ: ސައުދުﷲ

ޓީޖީއެސްޓީ ބޮޑު ކުރުމަކުން ރައްޔިތު މީހާއަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ލިބޭ އާމްދަނީން އޭގެ ފައިދާ ކުރާނެކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހްގެ ބިލުގެ އިބުތިދާއީ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ، ޓީޖީއެސްޓީ ބޮޑު ކުރުމަކުން ރައްޔިތު މީހާއަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ލިބޭ އާމްދަނީން ރައްޔިތުން މީހާ އަށް އޭގެ ފައިދާ ކުރާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ބިލެއްގެ ވާހަކަ ދައްކާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާހަކަ ދައްކަންޖެހޭކަމަށް ވިދާޅުވެ ސައުދުﷲ ވިދާޅުވީ އެ ވިޔަފާރިތައް ފުނޑިގެން ދަނީ އެ ވިޔަފާރިތަކުން ކުރި ކަންތައްތަކެއްގެ ސަބަބުންނޫން ކަމަށެވެ. އަދި އެކަން އެހެން ދިމާވެފައި ވަނީ ސަރުކާރުތަކަކުން ކުރި ކަންކުރިގޮތުން ކަމަށް ވިދާޅުވިއެވެ.

''އެމީހުންނަށް ލިބެންޖެހޭ ފައިސާތަކާއި، އެމީހުންގެ އާމްދަނީ ބަންދުވުމުގެ ސަަބަބުން ފުނޑިގެން ދަނީ، އެހެންކަމުން ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިސްލާހްގެނެސްގެން އެ ވިޔަފާރިތައް ސަލާމަތްކުރަންޖެހޭ، އެ ވިޔަފާރިތަކަކީ އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ނުހަނު ފައިދާކުރާނެ ވިޔަފާރިތައް'' ސައުދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ އާމްދަނީން ޚިޔާނަތާއި ވައްކަންކޮށްފައިވާ ފަރާތްތައް ބަލައި އެ ފަރާތްތަކުން ހިޔާނާތްވެފައިވާ ފައިސާ ލަސްނުކޮށް މާލިއްޔަތަށް ވެއްދުމަކީ ވެސް ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 10 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 10 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | މަހެއް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން