logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕްގެ އަނބިކަނބަލުން މެލޭނިއާ ނާއި ކުޑަކުދިން ވިއްކި އެޕްސްޓީންއާ ގުޅުވައި އާ ތުހުމަތުތަކެއް ފެންމަތިވެ ވައިޓް ހައުސް އަށް ބޮޑު ސިހުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2026 - 15:18
އެމެރިކާގެ ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕް
އެމެރިކާގެ ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕް

އެމެރިކާގެ ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕާއި ކުޑަކުދިން ވިއްކުމާއި ޖިންސީ ވިޔަފާރީގައި ނުފޫޒުގަދަ ޖެފްރީ އެޕްސްޓީންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ އާ ތުހުމަތުތަކެއް ފެންމަތިވުމާއެކު، ވައިޓް ހައުސްއަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

ބްރެޒިލްގެ ކުރީގެ މޮޑެލް އަމަންޑާ އުންގާރޯ އާންމުކުރި ރެކޯޑިންއެއްގައި ބުނެފައިވަނީ، މެލޭނިއާ އާއި ޑޮނަލްޑް ޓްރަމްޕް ބައްދަލުކޮށްދިނީ މީގެ ކުރިން ބުނަމުން އައި ގޮތަށް މޮޑެލިން އެޖެންޓް ޕައޮލޯ ޒަމްޕޮލީ ނޫން ކަމަށާއި، އެކަން ކުރީ ޖެފްރީ އެޕްސްޓީން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރެކޯޑިންގައި އުންގާރޯ ބުނެފައިވާ ގޮތުގައި މެލޭނިއާ އަކީ އެޕްސްޓީންގެ "އެސްކޯޓެއް" ގޮތުގައި މަސައްކަތް ކުރި މީހެކެވެ. މި ތުހުމަތުތަކާ ގުޅިގެން ޒަމްޕޮލީ ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި މިއީ އުންގާރޯގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ޒަމްޕޮލީ އަދިވެސް ދެމިހުރީ 1998 ވަނަ އަހަރު ނިއުޔޯކްގައި ބޭއްވި ޕާޓީއަކުން ޓްރަމްޕާއި މެލޭނިއާ ބައްދަލުކޮށްދިނީ އޭނާ ކަމަށް ބުނާ ބުނުމުގެ މަތީގައެވެ.

މެލޭނިއާގެ ކުއްލި ބަޔާން

މި ތުހުމަތުތައް ފެންމަތިވުމުގެ ކުރިން، އޭޕްރިލް 9، 2026 ގައި މެލޭނިއާ ވަނީ ވައިޓް ހައުސްގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބަޔާނެއް ދެއްވާފައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ "އަޅުގަނޑަކީ އެޕްސްޓީންގެ ޝިކާރައެއް ނޫން. އެޕްސްޓީން އަޅުގަނޑާއި ޑޮނަލްޑް ޓްރަމްޕް ބައްދަލެއް ނުކޮށްދޭ" ކަމަށެވެ. އަދި އެޕްސްޓީންއާ ފުރަތަމަ ފަހަރަށް ދިމާވީ 2000 ވަނަ އަހަރު ޓްރަމްޕާއެކު ދިޔަ ހަފްލާއަކުން ކަމަށާއި، އޭނާގެ އެއްވެސް ޖިނާއީ އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށްވެސް މެލޭނިއާ ވިދާޅުވިއެވެ.

 

 

މި ބަޔާނަކީ ވައިޓް ހައުސްގެ އިސް ބޭފުޅުންނަށްވެސް ކުރިން އެނގިވަޑައިނުގެން މެލޭނިއާ އަމިއްލަފުޅަށް ދެއްވި ބަޔާނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ރައީސް ޓްރަމްޕް ވެސް ފަހުން ވިދާޅުވީ އެ ބަޔާން ދެއްވުމުގެ ކުރިން އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މެލޭނިއާ މިފަދަ ބަޔާނެއް ދެއްވީ އިންޓަނެޓްގައި އޭނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އަމަންޑާ އުންގާރޯ އަކީ ކާކު؟

އަމަންޑާ އުންގާރޯ އަކީ ޒަމްޕޮލީއާއެކު 20 އަހަރު ވަންދެން އުޅެފައިވާ މީހެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެ، މެލޭނިއާގެ އަމިއްލަ މޭޒުގައި ރޭގަނޑުގެ ކެއުމުގައިވެސް ބައިވެރިވެފައެވެ. ނަމަވެސް 2023 ގައި ޒަމްޕޮލީއާ ވަކިވުމަށްފަހު، އޭނާ ވަނީ ފްލޮރިޑާގައި ހައްޔަރުކޮށް ބްރެޒިލްއަށް ޑީޕޯޓްކޮށްލާފައެވެ.

އުންގާރޯ ތުހުމަތުކުރާ ގޮތުގައި އޭނާ ޑީޕޯޓްކޮށްލީ ޒަމްޕޮލީގެ ނުފޫޒުން ސިޔާސީ ބޭނުމަކަށެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަން ދޮގުކުރެއެވެ. އުންގާރޯ ބުނާ ގޮތުގައި އޭނާ އުމުރުން 17 އަހަރުގައި އެޕްސްޓީންގެ އަމިއްލަ ބޯޓުގައި ދަތުރުކޮށްފައިވެއެވެ. މި މައްސަލައިގައި މެލޭނިއާގެ ތަރުޖަމާނު ވިދާޅުވީ ޒަމްޕޮލީ އާއި އުންގާރޯގެ އަމިއްލަ މައްސަލަތަކާ މެދު ފަސްޓް ލޭޑީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ އަނބިކަނބަލުންނާއި ކުޑަކުދިން ވިއްކި އެޕްސްޓީންއާ ގުޅުވައި އާ ތުހުމަތުތަކެއް ފެންމަތިވެ ވައިޓް ހައުސް އަށް ބޮޑު ސިހުމެއްދުނިޔެ | 3 ގަޑިއިރު ކުރިންއީރާނުގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލަން އަމިއްލަ ޕާޓީ މެމްބަރުން ވޯޓު ދިނުމުން ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެންދުނިޔެ | 3 ދުވަސް ކުރިންކެނެޑީ ސެންޓަރުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޓްރަމްގެ ނަން އުނިކުރަން ކޯޓުން އަމުރުކޮށްފިދުނިޔެ | 8 ދުވަސް ކުރިންފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިން