logo
Bank of Maldives

Bank of Maldives

ދުނިޔެ

ފްލޮރިޑާގައި ސްނޯކްލިންގްއަށް ގޮސް އުޅުނު ކެބިން ކްރޫއެއްގެ ގައިގައި ބޯޓަކުން ޖެހި މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2026 - 16:17
ކެބިން ކްރޫއެއްކަމަށްވާ 31 އަހަރުގެ ވިލިއަމްސް
ކެބިން ކްރޫއެއްކަމަށްވާ 31 އަހަރުގެ ވިލިއަމްސް

 

އެމެރިކަން އެއަރލައިންސްގެ ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ކެލީ މެލިންޑާ ވިލިއަމްސް، ފްލޮރިޑާގެ ކަނޑުގެ ސަރަހައްދެއްގައި ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް ބޯޓަކުން ޖެހި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 31 އަހަރުގެ ވިލިއަމްސްގެ ހަށިގަނޑު ފެނިފައިވަނީ ހޮލީވުޑް ބީޗް ސަރަހައްދުން ދެ މަސްވެރިންނަށެވެ.

ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ވިލިއަމްސްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު 8 ޖަހާކަންހާއިރުއެވެ. އޭނާގެ ހަށިގަނޑުން ފެންނަން ހުރި އަނިޔާތަކަކީ އުޅަނދަކުން ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އޭނާ މަރުވީ ބާރުގަދަ އެއްޗަކުން ޖެހި ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް އޮފިޝަލުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި، ދެ މަސްވެރިން އެއްޗެއް ދަމާފައި އަތިރިމައްޗަށް އަރުވާތަން އޭނާއަށް ފެނުނެވެ. ފަހުން ބެލިއިރު އެއީ އަންހެނެއްގެ ހަށިގަނޑު ކަމަށް އޭނާ ކިޔައިދިނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވިލިއަމްސް ސްނޯކްލިންގްއަށް ގޮސް އުޅުނީ ޑރ. ވޮން ޑީ. މިޒެލް-އޫލާ ޖޯންސަން ސްޓޭޓް ޕާކް ސަރަހައްދަށެވެ.

Screenshot 2026-06-07 211758.png

ވިލިއަމްސްގެ ހަށިގަނޑު ފެނުނު ގޮނޑުދޮށުގެ ސަރަހައްދު

 

ވިލިއަމްސްގެ މައިންބަފައިން ބުނި ގޮތުގައި އޭނާއަކީ ސްނޯކްލިންގްއަށް ވަރަށް ކުޅަދާނަ، އަދި ހިތްހެޔޮ މީހެކެވެ. ކެލިފޯނިއާއަށް އުފަން ވިލިއަމްސް ފްލޮރިޑާއަށް ބަދަލުވީ ދާދި ފަހުންނެވެ. އަދި އޭނާ ކައިވެނި ކުރިތާވެސް އަދި ވީ އަހަރެއްހާ ދުވަހެވެ.

Screenshot 2026-06-07 211743.png

ކެބިން ކްރޫއެއްކަމަށްވާ 31 އަހަރުގެ ވިލިއަމްސް

 

އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ފްލައިޓް އެޓެންޑެންޓްސް އިން ވަނީ ވިލިއަމްސްގެ މަރާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. "އަޅުގަނޑުމެންގެ އެކުވެރި މުވައްޒަފު ކެލީ ވިލިއަމްސް ވަކިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް،" އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމެރިކަން އެއަރލައިންސް އިން ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ވިލިއަމްސްގެ ގައިގައި ޖެހުނު ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ފްލޮރިޑާގެ ފުލުހުންނާއި ވައިލްޑްލައިފް އޮފިޝަލުން ގުޅިގެން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮސްމެޓިކް ސާޖަރީއަކަށްފަހު އާޓް އިންފްލުއެންސާ ހިލްޑޭ ލިން މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންފީނަން ގޮސް އުޅުނު ކެބިން ކްރޫއެއްގެ ގައިގައި ބޯޓަކުން ޖެހި މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާގައި ދިން ''ފޭކް ޕިއްޒާ އޯޑަރެއް'' ޑެލިވަރީކުރަން ދިޔަ އިންޑިއާ ޒުވާނެއްގެ ބޮލަށް ބަޑިޖަހައި މަރާލައިފިދުނިޔެ | 8 ގަޑިއިރު ކުރިންއޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިނުމުން ބަޑިޖަހައިގެން މަސްހިފަން އުޅުނު ޒުވާނަކު މަރުވެއްޖެދުނިޔެ | ދުވަހެއް ކުރިން