logo
MPL

MPL

ޚަބަރު

އައިބީ، އެއް ޕަސެންޓް ޓެކްސްގެ ވާހަކައިން އެމްޑީޕީއަށް ހަނދާންކޮށްދިނީ ގައުމަށް ހަދާލާފައި ދިޔަ ގޮތް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2024 - 05:20
އެއް ޕަސެންޓް ޓެކްސްގެ ވާހަކައަށް އައިބީ، އެމްޑީޕީއަށް ހަނދާންކޮށްދިނީ ގައުމަށް ހަދާލާފަދިޔަ ގޮތް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ތަޅުމުގައި ދެއްކެވި ވާހަކައާއި ގުޅިގެން އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކަށާއި، ދައުލަތުގެ މާލިއްޔަތަށް ''ހަދާލި ގޮތް'' ހަނދާން ކުރުމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) މިއަދު އެދިވަޑައިގެންފިއެވެ.

މި ބިލާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އައިބީ ވިދާޅުވީ، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް، އެއް ޕަސެންޓަށް އިތުރުކުރުމުގެ ވާހަކަ ދެކެވޭއިރު، އެ ބިލާއި ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވަކާލާތުކުރަށްވާއިރު، ޓެކްސްގެ ޤާނޫނަށް އިސްލާޙް ގެނެވެނީ ދިވެހި ރައްޔިތުންގެ ޖީބުން ޓެކްސް ނަގާގޮތަކަށް ނޫންކަން ހަނދާން ބަހައްޓަން ޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

''ފާހަގަކޮށްލަން ކޮންމެ ދިމާއަކުން ޓެކްސް އެއް ނެގިނަމަވެސް ވާނީ ޓެކްސް އަކަށް، އެހެންނަމަވެސް ޤާނޫނަށް ބަދަލުން ދިވެހިންނަށް މާބޮޑު އަސަރުތަކެއް ނުކުރާނެ، ކުރާނީ ފައިދާ، ސަބަބަކީ ސަރުކާރު ވުޖޫދަށް އައިިއިރުގައި ކުރީގެ ސަރުކާރުން މި ސަރުކާރަށް އުންމީދު ނުކުރާވަރުގެ ބޮޑެތި މަސްއޫލިއްޔަތުތަކެއް ލާޒިމްކޮށްފައި އެބައޮތް، 30 ހާސް ގޯތި މާލެ ސަރަހައްދުން ދީފައި އެބައޮތް، އެއީ ގޯތިތައް މީހުންނަށް ދިނުމަށް 240 ބިލިއަން ރުފިޔާ ބޭނުންވޭ، އެއީ އެތަންތަނުގެ އަގަކީ'' އައިބީ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ސަރުކާރާއި ހަވާލުވީ ޓެކްސް ނުނަގާނެކަމަށް ވައުދުވެފައި ކަމަށާއި ނަމަވެސް ވެރިކަން ނިންމާލީ ޑަސްބިން ކޮތަޅުންނާއި، ބާޒާރު ކޮތަޅަށް ދަންދެން ޓެކްސް ނަގަން ފަށާފަކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާއިރު އެ ބޭފުޅުންގެ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ދަރުވާލައި، ހަދާލިގޮތް ހަނދާން ކުރަންޖެހޭ ކަމަށާއި، ސަރުކާރު ނިންމާލީ ގައުމު ދަރުވާލާ ބޮޑު މާލީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ. އެހެންކަމުން ދައުލަތް ސަލާމަތްކޮށް، އެމްޑީޕީން މި ސަރުކާރަށް ވާރުތަކުރި މާލީ ބުރަތަކުން އަރައިގަނެވެން އޮތީ އާމްދަނީ އިތުރުކޮށްގެން ކަމަށާއި ''މިއުޅެނީ ރަންވަޅަކުން ރަންނަގަން ނޫން'' ކަމަށް އައިބީ ވަނީ ވިދާޅުވެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | 3 ގަޑިއިރު ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | 9 ގަޑިއިރު ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 3 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 3 ދުވަސް ކުރިން