logo
Bank of Maldives

Bank of Maldives

ޚަބަރު

ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުން: ރައީސް

ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުން: ރައީސް

ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ބޭނުންވާކަމަށެވެ. އަދި ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި، ވަރުގަދަ ކަނޑުގެ ދިރާސާތަކާއި، ފަރުތަކުގެ ޙާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މުރަކަ އާލާކުރުމާއި، ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ޙާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަޤުވަމީ މުޖުތަމަޢުއިން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދުކަމަށްވުމާއެކު ކަނޑުތައް ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ރީ އިމޭޖިން. ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވަރ އޯޝަން" ނުވަތަ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ، ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ" މިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރަކުން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުން ސަތޭކަ އިންސައްތަ ހޯދައިފިޚަބަރު | 22 މިނިޓު ކުރިންދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ: ރައިސްޚަބަރު | ދުވަހެއް ކުރިންރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 2 ދުވަސް ކުރިން