logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ޖޫން 2026 - 12:20
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މަގު ހުރަސްކުރި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 7 ވަނަ ދުވަހުގެ ރޭ 21:26 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ މަގު ހުރަސްކުރަން އުޅުނު ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާޚަބަރު | 44 މިނިޓު ކުރިންސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންޅ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން 3 ވުޒާރާގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން، ގަސްތުގައި ރޯކޮށްލި ކަމުގެ ހެއްކެއް ނެތް: ފުލުހުންޚަބަރު | ދުވަހެއް ކުރިން