logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖުވެރިންގެ ތިންވަނަ ފްލައިޓު ރާއްޖެއަށް އައިސްފި

ޒިދާން މުޙައްމަދު
8 ޖޫން 2026 - 18:40
ޙައްޖުވެރިންގެ ތިންވަނަ ފްލައިޓު ރާއްޖެއަށް އައިސްފި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ދިވެހި ޙާޖީންގެ ތިންވަނަ ގްރޫޕް ރާއްޖެއަށް އައިސްފިއެވެ.

ޙައްޖުވެރިންނާއެކު ތިންވަނަ ފްލައިޓުވެސް އެހެން ފްލައިޓުތަކެކޭ އެއްގޮތަށް ފުރާފައިވަނީ މަދީނާއިންނެވެ.

ސައުދި އެއަރލައިންގެ މި ފްލައިޓަކީ ރާއްޖެއަށް އެއަރލައިން މެދުވެރިކޮށް ޙާޖީން އަންނަ ފަހު ފްލައިޓެވެ. ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލީ ސައުދީ ގަޑިން 9:00 ގައެވެ. ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، ރާއްޖެ އައިސްފައިވަނީ ރޭގަނޑު 8:40 ހާއިރުއެވެ.

މި ފްލައިޓުގައި 260 އަށްވުރެ ގިނަ ޙައްޖުވެރިން ރާއްޖެ އައެވެ. ޙައްޖުވެރިންނަށް ޙައްޖާޖީންގެ ޢައިލާތަކުން ވަނީ ވެލާނާ އެއަރޕޯޓުން މަރުހަބާ ކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަރޕޯޓުން ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަވަހަށް އުޅަނދުތައް ހޯދުމަށާއި އަދި ހައްޖާޖީގެ ދާގީނާ އުފުލުމާއި އެހެން ކަންކަމުގައި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޙައްޖަށް މިއަހަރު ދިޔަ ޙައްޖުވެރިންގެ ފަހު ފްލައިޓްގެ ގްރޫޕް ރާއްޖެއަށް އަންނަނީ މާދަމާއެވެ. މޯލްޑިވިއަންގެ ފްލައިޓްގައި ކުރާ މި ދަތުރުގައި، ފްލައިޓް ބޭއްވުމަށް ތާވަލުކޮށްފަވަނީ ސައުދީ ގަޑިން މާދަމާ ހަވީރު 04:00ގައެވެ. ރާއްޖެއަށް ދެވޭނެކަމަށް ލަފާކުރަނީ ރާއްޖެގަޑިން ރޭގަނޑު 12 ޖަހާކަށްހާއިރުއެވެ.

މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙާޖީންނަށް، ދަތުރު ނިންމުމަށްފަހު ރާއްޖެ އާދެވޭނެއެވެ.

ޙާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން، ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖުވެރިންގެ ތިންވަނަ ފްލައިޓު ރާއްޖެއަށް އައިސްފިޚަބަރު | 2 ގަޑިއިރު ކުރިން1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން މިނާއިން އަރަފާތަށް ދިޔުމަށް ތައްޔާރު ވަނީޚަބަރު | 14 ދުވަސް ކުރިންމިނާގައި ދިވެހިން ތިބޭ ފޭލިގެތައް ތައްޔާރުކުރަން ފަށައިފިޚަބަރު | 2 މަސް ކުރިންދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 6 މަސް ކުރިން