އޮޕަރޭޝަނެއްގެ ތެރެއިން ގެއްލުނު ފުލުހަކު، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެ
އައިޝަތު ނަޝާ
11 ޖޫން 2026 - 03:50

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ގެއްލުނު ފުލުހަކު، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެނގިފައިވާަ ގޮތުގައި ނިޔާވެފައިވަނީ ފުލުސް ސްޓާފް ސާޖަންޓް އަހުމަދު އާސިފެވެ.

Ad by Hajj Corporation
ފުލުހުން ބުނީ ރޭ ދަންވަރު ޕޮލިސް ލޯންޗު 57ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ހޯދަން ކުރި މަސައްކަތުން ފެނުނީ މޫދު އަޑިން ކަމަށާއި އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވިފައިވާކަމަށް ފުލުހުން ބުނެއެެވެ.
އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


