logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފި

އަބްދުﷲ ޣާނިމް
11 ޖޫން 2026 - 04:13
ބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފި

މި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވުމުން، ޖޭޑަން ސަންޗޯ ހިމެނޭހެން ހަ ކުޅުންތެރިއަކު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލާނެކަން މެންޗެސްޓާ ޔުނައިޓެޑުން ބުދަ ދުވަހު ކަށަވަރުކޮށްދީފިއެވެ. މީގެ ފަސް އަހަރު ކުރިން 85 މިލިއަން ޔޫރޯގެ އަގުބޮޑު ޓްރާންސްފާއެއްގައި ޔުނައިޓެޑާ ގުޅުނު ސަންޗޯއަކީ 2021 ވަނަ އަހަރު ރަފައެލް ވަރާން އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެ ކްލަބުން ގެނައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގައި އުމުރުން 17 އަހަރުން ފެށިގެން ދެއްކި މޮޅު ކުޅުމާއެކު ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، އޯލްޑް ޓްރެފޯޑުގައި ސަންޗޯއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އިނގިރޭސި ވިންގަރ ޔުނައިޓެޑަށް ކުޅުނު 83 މެޗުގައި ޖަހާފައިވަނީ އެންމެ 12 ގޯލެވެ. އަދި އެހީތެރިވެދީފައިވަނީ 6 ގޯލު ޖެހުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޭތުވެދިޔަ ދުވަސްތަކުގައި ސަންޗޯ ވަނީ ލޯނު އުސޫލުން ތިން ކްލަބަކަށް ކުޅެފައެވެ. އެގޮތުން 2023-24 ވަނަ އަހަރުގެ ސީޒަނުގެ ފަހުބައިގައި ޑޯޓްމަންޑަށް ކުޅެ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ފަހުން ޗެލްސީ އާއި އެސްޓަން ވިލާއަށް ކުޅެ، އެ ދެ ކްލަބާއެކު ޔޫރަޕްގެ މުބާރާތްތައް ކާމިޔާބުކުރިއެވެ. ނަމަވެސް، މުސާރަ ކުޑަކުރަން އޭނާ ދެކޮޅު ހެދުމުން ޗެލްސީން އޭނާ ދާއިމީކޮށް ބަހައްޓަން ބޭނުމެއް ނުވިއެވެ.

ޔުނައިޓެޑުން މިފަހަރު ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ސަންޗޯގެ އިތުރުން ފުރަތަމަ ޓީމުގެ ކަސެމީރޯ އާއި ޓައިރެލް މަލާސިއާ ހިމެނެއެވެ. މީގެ އިތުރުން އެކަޑަމީގެ ތިން ކުޅުންތެރިން ކަމަށްވާ ސަނީ އަލްޖޯފްރީ، ޖޭމްސް ބެއިލީ އަދި މަލާކީ ޝާޕް ވެސް ކްލަބް ދޫކޮށްލާނެއެވެ.

ބެލެވޭ ގޮތުގައި ސަންޗޯ ދެން އަލުން ފެނުން އެންމެ ގާތީ ޑޯޓްމަންޑުންނެވެ. އެ ކްލަބުގެ ސްޕޯޓިން ޑައިރެކްޓަރު ލާސް ރިކަން މީގެ ކުރިން ވިދާޅުވެފައިވަނީ ސަންޗޯ އަލުން ގެނައުމާ މެދު ކްލަބުން ވިސްނަމުންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފިކުޅިވަރު | ގަޑިއިރެއް ކުރިންބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | ދުވަހެއް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 3 ދުވަސް ކުރިން