ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް މިނިސްޓަރު ޝަހީމް މެލޭޝިޔާއަށް
އައިޝަތު އިނާޝާ
11 ޖޫން 2026 - 05:09

ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ ތިން ވަނަ "އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026″ ގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation
މި ސަމިޓަކީ މެލޭޝިޔާގެ ޕްރައިމް މިނިސްޓަރސް އޮފީހާއި، މުސްލިމް ވޯލްޑް ލީގާއި މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އޮފް މެލޭޝިޔާއިން ގުޅިގެން ބާއްވާ ހާއްސަ ސަމިޓެކެވެ.


