logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޑިޓު އޮފީހަށް 114 މިލިއަނުގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފި

އަޙްމަދު ޒަލީފް
15 އޮކްޓޯބަރު 2024 - 10:06
އޮޑިޓު އޮފީހަށް 114 މިލިއަނުގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އޮޑިޓް އޮފީހުގެ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ އޮފީހުން ކެޕިޓަލް އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި ހުށަހަޅާފައި ވަނީ 89.4 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހަދަމުންދާ އިމާރާތުގެ މަސައްކަތަށް 19 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޖެޓާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން، ހުށަހެޅި ބަޖެޓުގެ ބައެއް ދިމަތަކުން ހަރަދު ކުޑަކުރަން ލަފާދީ، ބަޖެޓު ސީލިންގެ ގޮތުގެ 64.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އޮޑިޓް އޮފީހުގެ މަސައްކަތް ރަނގަޅަށް ކުރެވޭނީ ރަނގަޅަށް މުސާރައާ އިނާޔާތަށްދީގެން ކަމަށެވެ. އެހެންވުމާ އެކު އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރަން ފެންނަ ކަމަށެވެ.

އެކަމާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެފައި ވަނީ އާންމުކޮށް ކުރަމުން އަންނަ އުސޫލާ އެއްގޮތަށް އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އާ މަޝްވަރާ ކުރެވިގެން ބަޖެޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި އެކަމުގައި އިދާރީ މޭޒުން ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރެވިފައިވާ ކަމުގައި ދެކިވަޑައިގަންނަވާ ކަމުގަ އެވެ. ގާސިމްގެ ވާހަކައަށް ތާއީދުކުރައްވާ އޭނާ ވިދާޅުވީ ބަޖެޓާއި އިމާރާތާ އެކު އޮޑިޓް އޮފީހުން އެދިފައިވާ އަދަދާ ފިނޭންސް މިނިސްޓްރީން ކަނޑައެޅި އަދަދުގައި ވަނީ 16 މިލިއަން ރުފިޔާގެ ތަފާތެއް ކަމުގަ އެވެ. ކޮމިޓީގައި މީގެކުރިން އޮޑިޓު އޮފީހުގެ ބޭފުޅުން ދެއްކި ވާހަކައަށް ރިއާޔަތް ކުރަން ޖެހޭ ކަމަށާއި މުއައްސަސާ ބާރުވެރިކުރުމުގެ ގޮތުން އެދިފައިވާ ގޮތަށް ބަޖެޓުގެ ހަމަޖައްސައިދޭން ޖެހޭ ކަމުގަ އެވެ.

ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވީ އޮޑިޓް އޮފީހުން ބަޖެޓަށް އިތުރުކޮށްދޭން އެދިފައިވާ ފައިސާއަށް ވުރެ އިތުރަށް ކޮރަޕްޝަނަށްދާ ކަމަށެވެ. އެ އޮފީހަށް ބަޖެޓް އިތުރުކޮށްގެން ދައުލަތަށް ގެއްލޭ ފައިސާ މަދުކުރެވިދާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން އިތުރުކުރަން ލާފައިވާ ބައިތަކާ އެކު ފާސްކުރަން ފެންނަ ކަމަށެވެ. އޭނާ ވަނީ ގާސިމް އާއި ޝުޖާއު ދެއްކެވި ވާހަކައަށް ތާއީދުކުރައްވާފަ އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެފައި ވަނީ ވަކި މުއައްސަސާއަކަށް ބަޖެޓު ދީފައި އަނެއް ތަނަކަށް ނުދިނުން ކަމަކު ނުދާ ކަމަށާއި ހުރިހާ އިދާރާއަކަށް ހަމަހަމަ އުސޫލުން އަމަލުކުރަން ޖެހޭ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޓީން، އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހަކަށް މި މަހުގެ 20 ވަނަ ދުވަސްޚަބަރު | އަހަރެއް ކުރިންއޮޑިޓު އޮފީހަށް 114 މިލިއަނުގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފިޚަބަރު | އަހަރެއް ކުރިން