logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހަކަށް މި މަހުގެ 20 ވަނަ ދުވަސް

އާމިނަތު ޝަފާ
4 ނޮވެމްބަރު 2024 - 05:51
ކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހަކަށް މި މަހުގެ 20 ވަނަ ދުވަސް

އަންނަ 2025 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގެ މަސައްކަތް ބަޖެޓް ކޮމިޓީއިން ނިންމާނެ ތާރީހަކަށް މި މަހުގެ 20 ވަނަ ދުވަސް ކަނޑައަޅައިފިއެވެ.

މިއަދުވަނީ ބަޖެޓު ދިރާސާ ކުރާނެ ބަޖެޓް ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރުވެސް ކަނޑައަޅާފައެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން މުގައްރިރުކަމަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ނައިބު މުގައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހޮވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓް ކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހެއްގެ ގޮތުގައި 20 ނޮވެމްބަރު ވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައެވެ.

ބަޖެޓު ކޮމިޓީގައި ތިއްބަވަނީ މެމްބަރު ފަޒާދުއާއި މެމްބަރު ސަލީމް ގެ އިތުރުން 20 މެމްބަރުން ތިއްބަވައެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މި ބަޖެޓުގައި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ. އެއާއެކު 2025 ވަނަ އަހަރުގެ ބަޖެޓުގައި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރުން ހިމަނާފައިވެއެވެ.

އަދި އާއްމުދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާއިރު އާއްމުދަނީ އިތުރުކުރުމަށް ބަޖެޓުގައިވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

2025 ވަނަ އަހަރު ދައުލަތުގެ އާއްމުދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2025 ވަނަ އަހަރު 6.4 އިންސައްތައިގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަސް ސަރުކާރުން ލަފާކޮށްފައިވާއިރު ކޮވިޑުގެ ކުރީގެ ހާލަތަށް ފަތުރުވެރިކަން ރުޖޫއަވެ އެއް ހަމައެއްގައި ކުރިއަރަމުންދާނެކަމަށާއި މިއަހަރު އިގްތިސާދީ ދުވެލި ބާރުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. 2025 ވަނަ އަހަރަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ވުމާއެކު މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓްކަމަށާއި މި ރާސްތާގައި ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

2025 ވަނަ އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި 35،814.3 މިލިއަން ރުފިޔާ ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13،418.3 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 12،414.5 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޓީން، އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހަކަށް މި މަހުގެ 20 ވަނަ ދުވަސްޚަބަރު | އަހަރެއް ކުރިންއޮޑިޓު އޮފީހަށް 114 މިލިއަނުގެ ބަޖެޓެއް ދޭން ކޮމިޓީން ފާސްކޮށްފިޚަބަރު | އަހަރެއް ކުރިން