logo
Bank of Maldives

Bank of Maldives

ދުނިޔެ

ދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރު ދުއްވައި އެމީހާ މަރާލި އިޓަލީގެ މަހުޖަނު 18 އަހަރަށް ޖަލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖޫން 2026 - 06:41
އިޓަލީގެ ވިޔަފާވެރިއެއް ކަމަށްވާ ސިންޒިއާ ދަލް ޕީނޯ,އޭނާ ދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރުދުއްވާ މަރާލި މައްސަލާގައި ވަނީ 18 އަހަރުގެ ހުކުމަކާއި ކުރިމަތިލާން ޖެހިފައި
އިޓަލީގެ ވިޔަފާވެރިއެއް ކަމަށްވާ ސިންޒިއާ ދަލް ޕީނޯ,އޭނާ ދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރުދުއްވާ މަރާލި މައްސަލާގައި ވަނީ 18 އަހަރުގެ ހުކުމަކާއި ކުރިމަތިލާން ޖެހިފައި

އިޓަލީގެ ވިޔަފާވެރިއެއް ކަމަށްވާ ސިންޒިއާ ދަލް ޕީނޯ، އޭނާގެ ދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރު ދުއްވައި މަރާލި މައްސަލާގައި 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. އުމުރުން 65 އަހަރުގެ މި އަންހެން މީހާ ވަނީ މޮރޮކޯއަށް ނިސްބަތްވާ ނޫރައްދީން 'ސައީދު' މެޒްގީގެ ގައިމަތިން އޭނާގެ މާސިޑީޒް އެސްޔޫވީގައި ހަތަރު ފަހަރަށް ދުއްވާފައެވެ.

ހާދިސާގެ ތަފްސީލު

Ad by Hajj Corporation

Ad by Hajj Corporation

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ދަލް ޕީނޯ އޭނާގެ އަގުބޮޑު ކާރުގައި މަގުން ކަސިޔާރުވެގެން ގޮސް މެޒްގީގެ ގައިގައި ޖައްސައެވެ. އޭނާ ބިންމައްޗަށް ވެއްޓުމުން، ކާރު ފަހަތަށް ޖެއްސުމަށްފަހު އަލުން ކުރިއަށް ދުއްވައި އޭނާ ފިސްފިސްކޮށްލައެވެ. މިގޮތަށް ހަތަރު ފަހަރު އޭނާގެ ގައިމަތިން ދުއްވުމަށްފަހު، ދަލް ޕީނޯ ކާރުން ފައިބައިގެން ގޮސް އޭނާގެ ދަބަސް ނަގައިގެން އެ ސަރަހައްދު ދޫކޮށް ދިޔައީއެވެ.

މި ހާދިސާއަށްފަހު ދަލް ޕީނޯ ފުލުހުންނަށް ނުވަތަ އެމްބިއުލާންސަށް ގުޅުމުގެ ބަދަލުގައި، އޭނާ ދިޔައީ ކުރިން ރޭގަނޑުގެ ކެއުމަށް އިން ރެސްޓޯރެންޓަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ އޭނާ އަތުން އަތުލި ކުޑައެއް އަނބުރާ ހަވާލުކުރުމަށެވެ. މެޒްގީ މަރުވީ މަގުމަތިން ދިޔަ މީހުން އެމްބިއުލާންސަށް ގުޅި ފަހުންނެވެ.

Screenshot 2026-06-12 114406.png

ވިޔަފާރިވެރިޔާ މި ޢަމަލު ހިންގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް

 

ދިފާއީ ބަހާއި ކޯޓުގެ ނިންމުން

ކޯޓުގައި ދަލް ޕީނޯ ބުނީ އޭނާ މެޒްގީ މަރާލަން ބޭނުން ނުވާ ކަމަށާއި، ބޭނުންވީ ހަމައެކަނި އޭނާގެ ދަބަސް ހޯދަން ކަމަށެވެ. "އޭނާ އަހަރެން މަރާލާނެ ކަމަށް ވަޅިން ބިރުދެއްކި. އަހަރެން ހުރީ ވަރަށް ބިރުން. ދަބަހުގައި މުހިންމު ލިޔެކިޔުންތަކާއި ފޯނު އޮތުމުން ފުލުހުންނަށް ނުގުޅުނީ،" އޭނާ ބުންޏެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި މެޒްގީގެ އަތުން އެއްވެސް ހަތިޔާރެއް ފެނިފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރުން ބުނީ ދަލް ޕީނޯގެ އަމަލަކީ ބަދަލުހިފުމުގެ ހައްދުފަހަނަޅާފައިވާ އަމަލެއް ކަމަށެވެ. ގާޒީ ވަނީ އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. ނަމަވެސް ބައެއް ލުއިތަކާއެކު، އޭނާގެ ހުކުމް ގޭބަންދުގައި ތަންފީޒު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

އާއިލާގެ ކަންބޮޑުވުން

މެޒްގީގެ އާއިލާއިން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "ޖަނަވާރަކުވެސް މިގޮތަކަށް ނުމަރާނެ،" މެޒްގީގެ އަންހެން ކޮއްކޮ މީޑިއާއަށް ބުންޏެވެ. އާއިލާއިން ބުނާ ގޮތުގައި މެޒްގީއަކީ ރަނގަޅު މީހެކެވެ. އަދި ދަލް ޕީނޯ ޖަލުގައި ބަންދުކުރުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ.

މި މައްސަލާގައި އިޓަލީގެ ބައެއް ސިޔާސީ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، ބައެއް ދީނީ އިލްމުވެރިން ވިދާޅުވަނީ އެއްވެސް ކަމަކީ މީހަކު މަރާލުން ހުއްދަކުރާނެ ކަމެއް ނޫން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރު ދުއްވައި އެމީހާ މަރާލި އިޓަލީގެ މަހުޖަނު 18 އަހަރަށް ޖަލަށްދުނިޔެ | 2 ގަޑިއިރު ކުރިންބައްޕަ އާއި ދޮން މަންމަގެ އަނިޔާގެ ވަކިތަކުގެ ދަށުވެ މަރުވި ސާރާގެ ކޮއްކޮމެން ޕާކިސްތާނުގައި ބޭތިއްބުމަށް ނިންމައިފިޚަބަރު | ދުވަހެއް ކުރިންހަތް ކުދިންނާއެކު ގެއްލުނު މާބަނޑު މަންމަ މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | ދުވަހެއް ކުރިންފަރުވާ ހޯދުމަށް ތިން ފަހަރަށް ހޮސްޕިޓަލަށް ދިޔުމުން ވެސް ފޮނުވާލި ޒުވާނާ މަރުވީ މަންމަގެ އަތްމަތީގައިދުނިޔެ | 2 ދުވަސް ކުރިން