logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަށް ތާއީދުކޮށް ވަކާލާތުކުރާ އިންޑިއާ މީހަކަށް ބޮޑު ފިލާވަޅެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖޫން 2026 - 12:50
ޝަރުމާގެ ދެބަފައިން
ޝަރުމާގެ ދެބަފައިން

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް، އިންޑިއާ-އިސްރާއީލް-އެމެރިކާ ގުޅުން ވަރުގަދަކުރުމަށް ވަކާލާތުކުރާ ރާޖޭޝް ޝަރުމާގެ 23 އަހަރުގެ ދަރިފުޅު، އަދިތުޔާ ޝަރުމާ، އެމެރިކާއިން ދިން ހަމަލާއެއްގައި މަރުވެފައިވާއިރު، މިކަމާއި ގުޅިގެން އިންޑިއާގެ އެތައް ބަޔަކު އެއީ ''ޝަރުމާ ޖީ'' އަށް ލިބިދެވޭ ބޮޑު ފިލާވަޅެއްކަމަށް ސިފަކޮށް މީސް މީޑިއާގައި ޚިޔާލުފާޅުކުރަމުން އެބަދެއެވެ.

އިސްރާއީލާއި އެމެރިކާގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި މީސް މީޑިއާގައި ވަކާލާތުކުރީ އަދި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ހުސްކޮށް އެތަނުގައި އިސްރާއީލުގެ ބާރުވެރިކަން ގާއިމުކުރަން ޖެހޭކަމަށް ބުނެފައިވާ ޝަރުމާފެ ދަރިފުޅު އަދިތުޔާ މަރުވީ އެމެރިކާއިން އިންޑިއާގެ އުޅަނދަކަށް ދިން ހަމަލާއެއްގައެވެ. އޭނާއަކީ އެ އުޅަނދުގައި މަސައްކަތްކުރަމުންދިޔަ ފަޅުވެރިއެކެވެ. މި ހަމަލާދިން އިރު މި އުޅަނދު އޮތީ ގަލްފް އޮފް އޮމާން ސަރަހައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ރާޖޭޝް ޝަރުމާއަކީ ހަމާސްއާ ދެކޮޅަށް އިސްރާއީލުން ހިންގާ ކެމްޕޭނަށް ފާޅުގައި ތާއީދުކުރާ މީހެކެވެ.

 

View post on Twitter

 

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ޝަރުމާ އިސްރާއީލާއި އެމެރިކާގެ އިސްތިރާތީޖީ ގުޅުންތަކަށް ވަކާލާތު ކުރި ނަމަވެސް، އޭނާގެ ދަރިފުޅު މަރުވީ ހަމަ އެ ބާރުތަކުން ދިން ހަމަލާއެއްގައެވެ. މިއީ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކުގެ ތެރެއަށް އާންމު ރައްޔިތުން ތާށިވެ، އޭގެ ހިތްދަތިކަން އާއިލާތަކަށް އުފުލަންޖެހޭ ކަމުގެ ހިތި މިސާލެކެވެ.

 

View post on Twitter

 

އިންޑިއާގެ ޚާރިޖީ ސިޔާސަތު މޯދީގެ ވެރިކަމުގައި އެމެރިކާއާއި އިސްރާއީލާ ދިމާލަށް މިސްރާބު ހިފާފައިވާއިރު، މީގެ ސަބަބުން ދިފާއީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކަނޑުގެ ދަތުރުފަތުރާއި ބޭރުގައި އުޅޭ ރައްޔިތުންގެ ރައްކާތެރިކަން ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ޚާއްޞަކޮށް ރަތް ކަނޑާއި ގަލްފް ސަރަހައްދުގައި ހިނގާ ހަމަލާ ބަދަލުކުރުންތަކުގައި އިންޑިއާގެ ފަޅުވެރިން ޝިކާރައަކަށްވަމުންދާކަން މި ހާދިސާއިން ހާމަވެއެވެ.

 

View post on Twitter

 

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން މިއީ ކުރި އަމަލުގެ ބަދަލު ކަމަށް ސިފަކުރަމުންދާއިރު، ކޮންމެއަކަސް، މި ހާދިސާއިން ދަސްކޮށްދެނީ ތިމާ އަނެކުންނާމެދު ރަހްމެއް ކުލުނެއްނެތް ވާހަކަ ދައްކާއިރު ތިމާ އާއި ވެސް އެފަދަ ހާލަތެއް އަރައި ހަމަކޮށްފާނެކަންކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަށް ތާއީދުކޮށް ވަކާލާތުކުރާ އިންޑިއާ މީހަކަށް ބޮޑު ފިލާވަޅެއްދުނިޔެ | 4 ގަޑިއިރު ކުރިންދަބަސް ވަގަށް ނެގި މީހާގެ ގައިމަތިން ކާރު ދުއްވައި އެމީހާ މަރާލި އިޓަލީގެ މަހުޖަނު 18 އަހަރަށް ޖަލަށްދުނިޔެ | ދުވަހެއް ކުރިންބައްޕަ އާއި ދޮން މަންމަގެ އަނިޔާގެ ވަކިތަކުގެ ދަށުވެ މަރުވި ސާރާގެ ކޮއްކޮމެން ޕާކިސްތާނުގައި ބޭތިއްބުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިންހަތް ކުދިންނާއެކު ގެއްލުނު މާބަނޑު މަންމަ މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | 3 ދުވަސް ކުރިން