logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު މިރޭ 2:00އާ ހަމައަށް!

ޒިދާން މުޙައްމަދު
15 ޖޫން 2026 - 18:32
މި ސަރުކާރުން ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލާފައި، ބޯހިޔާ ވަހިކަމުގެ އުންމީދު ކަށަވަރުކޮށްދޭނީ މި ސަރުކާރުން ކަން ދަނީ ސާބިތުކޮށްދެމުން
މި ސަރުކާރުން ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލާފައި، ބޯހިޔާ ވަހިކަމުގެ އުންމީދު ކަށަވަރުކޮށްދޭނީ މި ސަރުކާރުން ކަން ދަނީ ސާބިތުކޮށްދެމުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު މިރޭ ދެގަޑި ސުންމިނެޓާ ހަމައަށް އިތުރުކޮށްފިއެވެ. ކުރިން އޮތް ގޮތުން ނަމަ މި ފުރުސަތު މިރޭ 12:00 އަށް ހަމަވާނެއެވެ.

މީގެ ކުރިން އެކި ސަބަބުތަކާ ހެދި ބޯހިޔާވަހިކަމަށް އެދުމުގެ މުއްދަތު ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފައެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު، މިރޭ 11:59 އާ ހަމައަށް މުއްދަތު އިތުރުކޮށްދިނީ އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ. ނަމަވެސް، ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިރޭ 2:00އާ ހަމައަށް ފުރުސަތު އަނެއްކާވެސް މިވަނީ އިތުރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.

މި މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް، އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 19 ދުވަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | މަހެއް ކުރިންބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | 2 މަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ބައި ލައްކައަށް ވުރެ ގިނަ އެޕްލިކޭޝަން ޚަބަރު | 2 މަސް ކުރިން