logo
Bank of Maldives

Bank of Maldives

ޚަބަރު

އަމިއްލަ ގޯތި ވަޤުފުކޮށް، މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ހުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ޒިދާން މުޙައްމަދު
16 ޖޫން 2026 - 15:56
އަމިއްލަ ގޯތި ވަޤުފުކޮށް، މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ހުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

 

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޯތި މާތް ﷲ އަށްޓަކައި ވަޤުފުކުރައްވައި، އެ ބިމުގައި ބިނާކުރެއްވި "މަސްޖިދު ޒުލައިޙާ މުޙައްމަދު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ހަވީރު ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އަމިއްލަ ފަރުދަކު އިސްނަންގަވައިގެން، އަމިއްލަ މިލްކިއްޔާތުގައި އޮތް ބިމެއް ދީނީ މަތިވެރި މަޤްޞަދަކަށްޓަކައި ހަދިޔާކުރައްވައިގެން ކުރިއަށްގެންދިޔަ ނަމޫނާ މަޝްރޫޢެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ މުޙައްމަދު ޞާލިޙްގެ މި ދީލަތި އަމަލަށް ވަރަށް ބޮޑަށް ސަނާވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އަމިއްލަ ގޯތި ވަޤުފުކޮށް މިސްކިތެއް ބިނާކުރުމަކީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށާއި، މިއީ އިޖުތިމާޢީ އަދި ދީނީ ގޮތުން ނަމޫނާ މަސައްކަތެއް ކަމަށެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މިސްކިތަކީ އެއްވަގުތެއްގައި 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމާއެކު ހުޅުދޫގެ ރައްޔިތުންނަށް ނަމާދު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބި، އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 13 ދުވަސް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންމާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | މަހެއް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | މަހެއް ކުރިން